ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިޚާބުތައް އެއްކޮށްލުމަކީ އޭގެ ސަބަބުން ވެރިންގެ ޚުދުމުހުތާރުކަމާއި ޖައްބާރުކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
އިންތިޚާބުތައް އެއްކުރުމާ ގުޅޭގޮތުން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަސީމް ވަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ނަސީމް ވިދާޅުވި ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުން އިތުރަށް ނިކަމެތިވެ، ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށް ލިބޭ ގެއްލުންތައް ބޮޑުވެގެންދާނެއެވެ.
ނަސީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންތިޚާބުތައް އެއްކުރުމުން މުޖުތަމައުގައި އިންސާފު ނެތިގޮސް، ބިރުވެރިކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބާރު ކަނޑުވާލުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އިންތިޚާބުތައް އެއްކުރުމަކީ ޚަރަދު ކުޑަވާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ނަސީމް ވިދާޅުވީ އެކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް މާ ބޮޑުވެގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު