މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން 27 ގައިދީއަކު މުޖުތަމަޢުއަށް ދޫކޮށްލާފައިވާކަން ހާމަވެއްޖެއެވެ.
ކަރެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރު ޕެރޯލްގެ ދަށުން ދޫކޮށްލުމަށް އެދި ޖުމްލަ 241 ރިކުއެސްޓެއް ލިބިފައިވެއެވެ. މީގެ ތެރެއިން 189 ފޯމަކީ ޝަރުތު ހަމަވާ ފޯމުތައް ކަމަށް ކަނޑައަޅާފައިވާއިރު، 43 ފޯމެއް ޝަރުތު ހަމަނުވާ ކަމަށް ވަނީ ނިންމާފައެވެ. އަދި 8 ފޯމެއްގެ މައްސަލަ ވަނީ ވަކި ގޮތަކަށް ނުނިމިއެވެ. މީގެ އިތުރުން އެއް ފޯމަކާ ގުޅޭގޮތުން ޤާނޫނީ ލަފައަކަށް އެދިފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ޕެރޯލް ބޯޑަށް ހުށަހެޅުނު 86 ފޯމުގެ ތެރެއިން 42 މީހަކަށް ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ހުއްދަ ދީފައިވީ ނަމަވެސް، އެކި ސަބަބުތަކާހުރެ އޭގެ ތެރެއިން 25 މީހަކު ދޫކޮށްލުން ވަނީ ކެންސަލްކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ 2 މީހަކު ކެންސަލްކޮށްފައިވަނީ އެމީހުންނާ ހަވާލުވާނެ ބަޔަކު ނުވުމުގެ ސަބަބުންނެވެ. އެހެންކަމުން، ހުރިހާ މަރުހަލާއެއް ފުރިހަމަވެ މިދިޔަ އަހަރު އަމަލީގޮތުން މުޖުތަމަޢުއަށް ދޫކޮށްލާފައިވަނީ 27 ގައިދީންނެވެ.
ގައިދީންގެ ސިއްޙީ ދުޅަހެޔޮކަމަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، މިދިޔަ އަހަރު ޖުމްލަ 12،887 ފަހަރު އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ގައިދީން ދައްކާފައިވެއެވެ. އަދި 2،160 ފަހަރު އެކި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންގެ މަޝްވަރާއާއި ފަރުވާ ހޯދާފައިވެއެވެ.
ގައިދީންނާއި އާއިލާތަކާ އޮންނަ ގުޅުން ދެމެހެއްޓުމަށްޓަކައި ދީފައިވާ ފޯނު ކޯލްގެ ޚިދުމަތްތަކަށް ބަލާއިރު:
މާފުށި ޖަލު: 5،169 ފޯން ކޯލް (މީގެ ތެރޭގައި 150 ވީޑިއޯ ކޯލް ހިމެނޭ)
ހުޅުމާލެ ޖަލު: 2،742 ފޯން ކޯލް (މީގެ ތެރޭގައި 47 ވީޑިއޯ ކޯލް ހިމެނޭ)
އައްސޭރި ޖަލު: 2،662 ފޯން ކޯލާއި ވީޑިއޯ ކޯލް ކުރުމުގެ ފުރުސަތު ދީފައިވެއެވެ.
ގައިދީން އެކި ބޭނުންތަކަށް ޖަލުން ބޭރަށް ގެންދިއުމަށް ކުރި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ ދަތުރުކޮށްފައިވަނީ މާފުށީ ޖަލުންނެވެ. އެގޮތުން މާފުށީ ޖަލުން އެއްގަމު މަގުން 3،927 ދަތުރު، ކަނޑުމަގުން 3،191 ދަތުރު އަދި ވައިގެ މަގުން 1 ދަތުރު ކޮށްފައިވެއެވެ. ހުޅުމާލެ ޖަލުން އެއްގަމު މަގުން 1،749 ދަތުރު، ކަނޑުމަގުން 425 ދަތުރު އަދި ވައިގެ މަގުން 4 ދަތުރު ކޮށްފައިވާއިރު، އައްސޭރި ޖަލުން އެއްގަމު މަގުން 242 ދަތުރު އަދި ކަނޑުމަގުން 230 ދަތުރު ކޮށްފައިވާކަމަށް ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު