ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމެވީ އެއީ ގާނޫނުއަސާސީން އެކަން ލާޒިމްކުރާތީ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށްވުރެ ގާނޫނުއަސާސީގައި އިސްލާހުކުރަންޖެހޭ މާ މުހިންމު ދުސްތޫރީ މައްސަލަތައް ހުރި ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސުއޫދު މީގެ ކުރިން ވިދާޅުވެފައިވަނީ، މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަދަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ފަދަ ބޮޑެތި މައްސަލަތައް ހުއްޓުވުމުގެ ބަދަލުގައި، ހަމައެކަނި އިންތިހާބުތައް އެއްކޮށްލަން އުޅުމުން ސަރުކާރުގެ ހެޔޮ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން އުޝާމް މިއަދު މީސްމީޑިއާގައި ވިދާޅުވީ، ގާނޫނުއަސާސީއަށް ތިން އިސްލާހެއް ގެނައުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ.
އުޝާމް ވިދާޅުވީ، މި އިސްލާހުތަކުގެ ތެރެއިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހެނީ ހަމައެކަނި އިންތިހާބުތައް އެއްކޮށްލުމުގެ އިސްލާހަށެވެ. އެއީ އެފަދަ ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ލަފާ ހޯދުމަކީ ގާނޫނުއަސާސީން ސީދާ ލާޒިމްކުރާ ކަމަކަށްވާތީއެވެ. ދެން ހުރި އިސްލާހުތަކަކީ އެފަދަ ވޯޓެއް ބޭނުންވާ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާ ހޭދަވާނެކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.
"މި ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް،" އުޝާމް ވިދާޅުވިއެވެ.
އޭގެއިތުރުން އުޝާމް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެން އިސްލާހުތަކުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ އެ ކަންކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ސުއޫދު ކުރިން ގޮވާލައްވާފައިވަނީ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމާއި، މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ވަނުން ހުއްޓުވުމަށް ގާނޫނީ ހައްލުތަކެއް ހޯދުމަށެވެ. މިކަންކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް އިސްލާހުކުރަން ޖެހޭ ކަންކަމުގެ ގޮތުގައި ގަބޫލުކުރާ ކަންކަން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު