ދުނިޔޭގެ ބަދަލުވަމުންދާ ހާލަތަށް ބަލައި، ބޭރުން ލިބޭނެ އެހީއަކަށް އުންމީދުކޮށްގެން ތިބުމުގެ ބަދަލުގައި، މިހާރު އަތުގައި ހުރި ވަސީލަތްތަކުން އިގްތިސާދު މެނޭޖްކުރުން މުހިންމު ކަމަށް އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ފިރާގު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިއާޔަތްކުރައްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. ފިރާގު ވިދާޅުވީ، ބޭރުގެ ކުރިއަރާފައިވާ ގައުމުތަކުގެ މީޑިއާތަކުން ފެންނަނީ ވަރަށް ތަފާތު މަންޒަރެއް ކަމަށެވެ. އެގޮތުން ސިންގަޕޫރު ފަދަ އިގްތިސާދީ ގޮތުން ވަރުގަދަ ގައުމުތަކުގެ ވެރިންވެސް، ދުނިޔޭގެ ހާލަތު އޮތްގޮތުން ކުރިމަތިވެދާނެ ދަތިތަކަށް ރައްޔިތުން ހޭލުންތެރިކުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ސިންގަޕޫރަކީ ވަރުގަދަ އަދި ރަނގަޅަށް ގާއިމްވެފައިވާ އިގްތިސާދެއް ނަމަވެސް، އެގައުމުގެ ބޮޑުވަޒީރު ފާޅުގައި ޓީވީން ވާހަކަ ދައްކަވަނީ މިހާރުގެ ދުނިޔޭގެ ހާލަތާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ގޮންޖެހުންތަކާ ބެހޭ ގޮތުން." ފިރާގު ވިދާޅުވިއެވެ. މިއީ އަތުވެދާނެ ދަތި ހާލަތަކަށް ރައްޔިތުން ތައްޔާރުކުރުމަށް ގެންގުޅޭ ހާމަކަން ބޮޑު އަދި ފިކުރީ ތެދުވެރި ސިޔާސަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ފިރާގު ވިދާޅުވީ، ރާއްޖޭގައި ގިނަ ބަޔަކު ތިބީ ހުރިހާ ކަމެއް ވަރަށް ރަނގަޅު ކަމުގެ ޔަގީންކަން ލިބިގެން ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އުންމީދީ ވިސްނުމެއް ގެންގުޅުމަކީ މުހިންމު ކަމެއް ނަމަވެސް، ހަގީގީ ހާލަތަށް ބަލައި "ރިއަލިސްޓިކް" ވުން މާ މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާގުގެ ވާހަކައިގައި ބާރުއަޅުއްވާފއި ވަނީ، އެހެން ގައުމަކުން ނުވަތަ ފަރާތަކުން ލިބޭނެ އެހީއަކަށް އެކަނި ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، މިހާރު ލިބިފައިވާ ވަސީލަތްތައް ބުއްދިވެރިކަމާއެކު މެނޭޖްކުރުމަށެވެ. އަދި ޔަގީންކަމެއް ނެތް މިފަދަ ވަގުތުތަކުގައި ޒިންމާދާރުކަމާއެކު ކަންކަން ރޭވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރާގު މިހެން ވިދާޅުވެފައިވާއިރު މާލީ ވަޒީރު ޒަމީރު ވިދާޅުވެފައިވަނީ، ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށާއި، ހުރިހާކަމެއްވެސް ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު