އަތޮޅު ކައުންސިލްތައް އުވާލައި، އެ އިދާރާތަކުގެ ބާރުތައް ހަނިކުރުމަށްފަހު، ހުރިހާ ކަމެއް ސަރުކާރުގެ މަރުކަޒީ ކޮންޓްރޯލްގެ ދަށަށް ގެނައުމަކީ ގަބޫލުފުޅުކުރައްވާ އުސޫލެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީ އިން ބޭއްވި ހާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުފުޅުކުރައްވާ އަދި އެކަން ކުރިއަރުވަން ބޭނުންފުޅުވާ ނިޒާމެއް ކަމަށެވެ. އަދި އެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުން ކަމަށާއި، މިކަން ހާސިލުކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން މުހިންމު ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ މި ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ މުހިންމު އިންތިހާބެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ކައުންސިލްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތަށް މިހާރު ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު