ކުޑަކުދިންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބ. ކުޑަރިކިލު، އަލީ ނާޖިޙު އަޙްމަދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި ނާޖިޙު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ގޫގުލް ޑްރައިވް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އެކި އިލެކްޓްރޯނިކް ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށްގެން ގެންގުޅުނު ކަމުގެ ތުހުމަތުގައެވެ.
ނާޖިޙު ހައްޔަރުކުރުމަށްފަހު، އެއް ފަހަރު އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވެއެވެ. ނަމަވެސް، ފަހުން އޭނާ ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނަ މިފަދަ މައްސަލަތަކަށް ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު