ދިވެހި ކޮންމެ ގޭބިސީއެއްގެ ބަދިގޭގައި ވެސް ކޮންމެ ދުވަހަކު ބޭނުންކުރެވޭ ދެ ބާވަތް ކަމަށްވާ ފިޔާ އާއި ކާށި، ވަރަށް ހެޔޮ އަގެއްގައި ލިބޭނޭނެ ފުރުސަތެއް މިހާރު ވަނީ ތަނަވަސްވެފައެވެ. މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހިންގާ އުފަންވެލި ފިހާރަތަކުން ވަނީ ފިޔާ އާއި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުރުމަށްފަހު، ވަގުތުން ވަގުތަށް އަގުތައް ތިރިކޮށް، ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފައެވެ.
މަޑިހާ ކުންފުނިން ހާމަކުރި ގޮތުގައި، ފިޔާ އާއި ކާށި ހިމެނޭ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށް ގިނަ ލޮޖިސްޓިކަލް ދަތިތަކެއް ކުރިމަތިވިނަމަވެސް، ޝިޕްމަންޓްތައް ކްލިއަރ ވުމާ ގުޅިގެން، ލިބިދިޔަ ތާޒާ ސްޓޮކް ވަގުތުން ވިއްކަން ފަށައި، ކަސްޓަމަރުންނަށް ވީހާ ވެސް ހެޔޮ އަގެއްގައި މި ތަކެތި ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. ތާޒާ ސްޓޮކް ލިބުމާ ގުޅިގެން، މާލެ ސަރަހައްދުގެ ގޭބިސީތަކަށާއި ވިޔަފާރިތަކަށް ވެސް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

މިވަގުތު ލިބެން ހުރި ތަކެތީގެ ތެރެއިން، ފިޔާ ވިއްކަމުން ދަނީ ކިލޯ އެއް 5 ރުފިޔާގެ ރޭޓުންނެވެ. ހަމައެއާއެކު ކާއްޓެއްވެސް ހަމަ މި ރޭޓުން ލިބޭނެ ކަމަށް މަޑިހާ ކުންފުނިން މައުލޫމާތު ދެއެވެ. މި އަގުތަކާއެކު، އުފަންވެލި ފިހާރަތަކަކީ މިހާރު މާލެ ސަރަހައްދުގައި އެންމެ ހެޔޮ އަގުގައި މި ބާވަތްތައް ލިބެން ހުރި ފިހާރަތައް ކަން ފާހަގަކުރެވެއެވެ.
ހެޔޮ އަގުގެ އިތުރުން، ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއްވެސް މަޑިހާ ކުންފުނިން ވަނީ ތަޢާރަފް ކޮށްފައެވެ. އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ރީޓެއިލް ކަސްޓަމަރެއްގެ ބިލް 1،500 ރުފިޔާ އަށްވުރެ މަތިވެއްޖެ ނަމަ، ހިލޭ ފިޔާ ބަސްތާއެއް ލިބިގެންދާނެއެވެ. އަދި ހޯލްސޭލް ކަސްޓަމަރެއްގެ ބިލް 5،000 ރުފިޔާ އަށްވުރެ މަތިވެއްޖެ ނަމަ، އެ ކަސްޓަމަރަކަށް ވެސް ހިލޭ ފިޔާ ބަސްތާއެއް ލިބިގެންދާނެއެވެ. ރީޓެއިލް ކަސްޓަމަރުން ހިލޭ ފިޔާ ބަސްތާ ހޯދުމަށް ކުރަންޖެހޭ ކަމަކީ، ވިޔަފާރި ކުރެވުނު ފިހާރައިން ލިބިފައިވާ ބިލް ރިސީޓް، އުފަންވެލި ހޯލްސޭލް ފިހާރައަށް ހިފައިގެން ދިއުމެވެ. ރިސީޓް ހުށަހެޅުން ހިލޭ ފިޔާ ބަސްތާ ލިބިގެންދާނެ ކަމަށް ކުންފުނިން ބުނެއެވެ.
މަޑިހާ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަަކު ހާމަ ކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ހަމައެކަނި ވިޔަފާރީގެ ބޭނުމަށް ކުރިއަށް ގެންދާ ކަމެއް ނޫނެވެ. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ ކުންފުނީގެ އަބަދުވެސް ގެންގުޅޭ އަމާޒެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ޝިޕްމަންޓްތައް ކްލިއަރ ވުމާ ގުޅިގެން، ވަގުތުން ވަގުތަށް ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ނިންމީ ކަސްޓަމަރުންނަށް ލިބިދޭ ފައިދާ ބޮޑު ކުރުމުގެ ގޮތުން. އުފަންވެލި ފިހާރަތައް މެދުވެރިކޮށް، ގޭބިސީތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ ތަކެތި ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަކީ ކުންފުނީގެ އަމާޒު" މަޑިހާ ކުންފުނީގެ ފަރާތުން ވާހަކަދެއްކި ރިޕްރެޒެންޓޭޓިވް ވިދާޅުވިއެވެ.

މި ހެޔޮ އަގުތަކާއި ޕްރޮމޯޝަން ލިބެން ހުރީ ހަމައެކަނި މާލޭގައި ހިންގާ ފިހާރަތަކަށް ނޫނެވެ. ހުޅުމާލޭގައި ހިންގާ އުފަންވެލި ފިހާރަތަކުން ވެސް ހަމަ ހެޔޮ އަގުގައި ފިޔާ އާއި ކާށި ލިބެން ހުންނާނެ ކަމަށް ކުންފުނިން ބުނެއެވެ. ދެ ސަރަހައްދުގައި ވެސް ތިބި ރީޓެއިލް ކަސްޓަމަރުންނާއި ހޯލްސޭލް ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ޕްރޮމޯޝަންގެ ފައިދާ ލިބިގެންދާނެ ކަމަށް ކުންފުނިން ފާހަގަ ކުރެއެވެ. ތާޒާ ސްޓޮކް ދެ ސަރަހައްދުގެ ފިހާރަތަކަށް ވެސް ފޯރުކޮށްދެވިފައިވާ ކަމަށް ވުމާ ގުޅިގެން، ކަސްޓަމަރުންނަށް ފަސޭހައިން ތަކެތި ލިބިގަނެވޭނެ ކަމުގެ ޔަގީންކަން މަޑިހާ ކުންފުނިން ވަނީ ދީފައެވެ.
ފިޔާ އާއި ކާށި ފަދަ ދިވެހި ކެއްކުމުގެ އަސާސީ ބާވަތްތަކުގެ އަގު ބޮޑުވެ، ލިބުން ދަތިވާ ދަނޑިވަޅުތަކުގައި، ހެޔޮ އަގެއްގައި ތަކެތި ލިބޭ ފިހާރައެއް ހުރުމަކީ ކޮންމެ ގޭބިސީއަކަށް ވެސް ލިބިގެންދާ ހަގީގީ ލުޔެކެވެ.

ކިޔުންތެރިންގެ ހިޔާލު