ރ. ވާދޫއިން ޑިންގީއެއްގައި މަހަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ. އޭނާ ކަނޑަށް ނިކުތީ މާރޗް 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ކުޑަ ޑިންގީއެއްގައި އެކަންޏެވެ.
ފުލުހުންނަށް މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ ރޭ 8:45 ހާއިރެވެ. ރިޕޯޓް ލިބުމާ އެކު ކަމާ ބެހޭ ފަރާތްތަކުން ވަނީ ލަސްނުކޮށް އިޤްބާލް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ދަތުރަށް ނިކުތްއިރު އިޤްބާލުގެ އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
ވާދޫ ކައުންސިލްގެ ރައީސް ޙުސައިން ޢަލީ ވިދާޅުވި ގޮތުގައި، މުޙައްމަދު އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު ވާދޫއިން ފުރައިގެން ދަތުރުކުރި ބަޔަކަށެވެ. ފެނުނުއިރު، ޑިންގީގެ އިންޖީނު ހުއްޓިގެން ކަނޑަށް ނަގިލި ބާލައިގެން ކަނޑުމަތީގައި ހުއްޓިފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.
ދިގު ވަގުތެއް ކަނޑުމަތީގައި ހޭދަކޮށްފައި ވީ ނަމަވެސް، އިޤްބާލު ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ފެނުނު ފަހުން އޭނާ ވާދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު