ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރެފަރެންޑަމްގައި، އެންމެ ފުރަތަމަ ގުނާ ވޯޓަކީ ރެފަރެންޑަމްގެ ވޯޓު ކަމުގައި ހެދުމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެ ޕާޓީގެ ފަރާތުން މައިގަނޑު ހަތަރު ކަންބޮޑުވުމެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޑީޕީން އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ރެފަރެންޑަމް ވޯޓު އެންމެ ފުރަތަމަ ގުނާ ވޯޓަކަށް ހެދުމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ނިޔާޒު ފާހަގަކުރެއްވީ، ކައުންސިލް އިންތިޚާބުގެ ވޯޓުތައް ގުނައި ނިމޭނީ ރޭގަނޑު ވަރަށް ދަންވާ ފަހުން ކަމަށް ވާތީ، ރެފަރެންޑަމް ވޯޓު ގުނުން ދަންވަރު ގަޑިއަށް ބޭއްވުމަކީ ނުބައި ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ބެލެވުމުގެ ފުރުސަތު އޮތުމެވެ.
"ދަންވަރު ގަޑީގައި ރިފަރެންޑަމް ވޯޓު ގުނުން ލާފައި އޮތުމަކީ އޭގެ ސަބަބުން ނުބައި ނިޔަތެއްގައި ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭތީ، އެއީ ވޯޓުން ވައްކަން ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ސިފަވާތީ ފުރަތަމަ ގުނާ ވޯޓެއްގެ ގޮތުގައި ރިފަރަންޑަމް ވޯޓު ހެދުމަށް އަޅުގަނޑުމެން ވާނީ ރިކޮމެންޑުކޮށްފައި." ނިޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ވޯޓު ބާތިލުވުމާ ގުޅޭގޮތުން ހުރި އިޖުރާއީ ކަންބޮޑުވުންތައް ވެސް އެމްޑީޕީން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، އެއް ކަރުދާހެއްގައި މޭޔަރާއި، އަންހެނުންނަށް ޚާއްސަ ގޮނޑިއާއި، ކައުންސިލަރު ހިމަނާއިރު، އެއިން އެއް މަގާމަކަށް ގޯސްކޮށް ފާހަގަ ޖެހިޔަސް މުޅި ކަރުދާސް ބާތިލުވާ ގޮތަށް އޮތުމަކީ މައްސަލައެއް ކަމަށް އެ ޕާޓީން ބުނެއެވެ. އެމްޑީޕީން ހުށަހެޅީ ތިން ގޮޅީގެ ތެރެއިން އެއް ގޮޅީގައި ކުރަހައިފައި އޮތަސް، މުޅި ކަރުދާސް ބާތިލު ނުކުރުމަށެވެ.
ރެފަރެންޑަމް ވޯޓާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ކޮމިޝަނަށް ގާނޫނުން ލާޒިމްކުރާ ކަމެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ، އެކަމާ މެދު ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނިޔާޒު ވިދާޅުވީ، ކޮމިޝަނުން އެކަން ނުކުރާނަމަ ދެން އެ މަސައްކަތް ކުރާނީ ކޮން ބައެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
މި ހުރިހާ ކަންބޮޑުވުންތަކަކަށް އިލެކްޝަންސް ކޮމިޝަނުން ރިއާޔަތްކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ނިޔާޒު މިއަދު މައުލޫމާތު ދެއްވިއެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވާއިރު، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައެވެ. ނަމަވެސް އެ ބަދަލު ތަސްދީޤު ކުރެވެނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށްވާތީ، ސަރުކާރުން މިހާރު ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު ރައްޔިތުންގެ ރިފަރެންޑަމް ވޯޓު ނެގުމަށް ނިންމާފައެވެ.
މިބަދަލަށް ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީން ވަނީ ތާއީދުކޮށްފައެވެ. މި ނިންމުމާ ދެކޮޅު ހަދަމުންދަނީ ހަމައެކަނި އިދިކޮޅު އެމްޑީޕީންނެވެ.

ކިޔުންތެރިންގެ ހިޔާލު