އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އީސީގެ މެންބަރުންނާ މިއަދު ބައްދަލުކުރެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، ކޮމިޝަނުގެ މެންބަރުންނަށް މަސައްކަތް ކުރަން ވަރަށް ބޮޑަށް ދަތިވެފައިވާކަން އެ ބައްދަލުވުމުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް މަރުހަލާ ނެތިދިއުމުގެ ބިރު އެބައޮތް ކަމަށާއި، ސަރުކާރުގެ ނުފޫޒު މެންބަރުންނަށް އޮންނަކަން އެ ބޭފުޅުންގެ ބަސްމަގުން ހާމަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ދެން ހިނގާ ބަލަމާ، އަޅުގަނޑުމެން މި ތިބީ އެ ބޭފުޅުން ގާތު ވިއްދާފައި ވަރަށް ބޮޑަށް،" މެންބަރުންގެ މަސައްކަތްތައް ގާތުން ބަލަމުންދާނެކަން ފާހަގަކުރައްވައި ޝިފާޒް ވިދާޅުވިއެވެ.
އީސީގެ މެންބަރުންނާއި ބައްދަލު ކުރުމަށްފަހު، ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭ ގޮތުން ނަގާ ރިފަރެންޑަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައާއި ބާއްވާ ޖަލްސާތަކުގައި މި މަޢުލޫމާތު ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމުގައި މީޑިއާއާ ގުޅިގެން ޕްރޮގްރާމްތައް ހިންގުމާއި، އާންމުންނަށް ލީފްލެޓް ބެހުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރަށްވައި ވަހީދު އިތުރަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ދުވަހު އިތުރު އިންތިޚާބެއް (ރިފަރެންޑަމް) އޮންނަކަން ގިނަ ރައްޔިތުންނަށް އަދިވެސް ނޭނގޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާއިރު، އިންތިޚާބީ ކަންކަމުގައި ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ކުރެވޭ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު