މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ދެއްކުމުގެ ފުރުސަތު މި ހަފުތާގެ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ބުނެފިއެވެ.
ޒަކާތު ހައުސްއިން ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މާލޭގައި ޒަކާތް ބަލައިގަތުން ކުރިއަށްދާނީ އަމީނިއްޔާ ސްކޫލް ހުރި އިމާރާތް (ސީއެޗްއެސްއީ) ގައެވެ.
ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. ހަމައެއާއެކު ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހަށް، ހެނދުނު 10:00 އިން މެންދުރު 12:00 އަށާއި، މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައި ގަންނާނެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. އާންމުކޮށް ގޮވާމުން ޒަކާތް ބަލައިގަންނަ ބާވަތްތަކުގެ ތެރޭގައި އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށް ހިމެނެއެވެ.
ގޮވާމުގެ އިތުރުން، ޒަކާތު ހައުސްއިން އަންނަނީ އޮންލައިންކޮށް ހަތް ޕްލެޓުފޯމެއް މެދުވެރިކޮށްވެސް ޒަކާތް ބަލައިގަންނަމުންނެވެ. އޭގެ ތެރޭގައި ދިރާގު މޯބައިލް އެޕް އަދި ޕޭ ވެބްސައިޓް، އުރީދޫ އެމް-ފައިސާ، މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އެޕްލިކޭޝަން، ފަހިޕޭ، އަވަސް އެޕްލިކޭޝަން އަދި ބަނޑޭރި ޕޭ ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ރޯދަމަހުގެ ފުރަތަމަ 15 ދުވަސްތެރޭ ފިޠުރު ޒަކާތުގެ ގޮތުގައި 5.48 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ފާއިތުވި ތިން އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު