ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ސިއްރު ބައްދަލުވުމެއް ބާއްވާފައިވާކަމަށާއި، ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ރާވާފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ތުހުމަތު ކުރައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީން ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަކީ މާކުރިން އިޢުލާނުކޮށް، އޭގެ އިންތިޒާމުތައް ދުރާލައި ރޭވިގެން ކުރިއަށްދިޔަ ކަމެއް ކަމަށެވެ. ނަމަވެސް، އެ މަސައްކަތުގެ މެދުތެރެއިން ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުކޮށްގެން ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދަން ނިންމީ ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް އަރައިގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބާ ބެހޭ ސައްޙަ މަޢުލޫމާތު އާންމުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައެއް ނުވެއެވެ. "މި އިންތިޚާބު މިގޮތަށް ރާވައިގެން މިހާތަނަށް ރާވަމުން ދާއިރުގައި މިކަމާ ބެހޭ ސައްޙަ ރަނގަޅު މަޢުލޫމާތެއް އާއްމުންނަކަށް ނުލިބޭ. ގިނަ މީހުންނަށް އަދިވެސް އެނގެނީ ހަމައެކަނި ކައުންސިލް އިންތިޚާބު އޮންނަކަން އެކަނި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިންތިޚާބުގެ ނަތީޖާ އިޢުލާނުކުރުމަށް ހޭދަވާ ވަގުތާއި، އެކަން މޮނިޓަރކޮށް އޮބްޒާވްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ރާވާފައިވާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ނިޔާޒު ހާމަކުރެއްވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ނަތީޖާ އޮޅުވާލުމަށްޓަކައި ހިންގާ ހީލަތްތެރި ރޭވުމެކެވެ.
ސަރުކާރުން ގިނަ ބަޔަކު ވޯޓުގައި ބައިވެރިކުރުމުގެ ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ އެއާ އިދިކޮޅު މަންޒަރެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭން ބޭރުގެ އެއްވެސް ޤައުމެއްގައި، ޚާއްޞަކޮށް ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވަނީ ގަސްތުގައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި އެމްބަސީތަކުގައި ތިބި ސަރުކާރުގެ ކޮންޓްރޯލް އޮތް މުވައްޒަފުން މާލެއަށް ޖަމާކުރަމުންދާ ކަމުގެ ހެކި އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ ނިޔާޒު ވާހަކަ ނިންމާލަމުން ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓު މޮނިޓަރކޮށް އޮބްޒާވް ކުރާނީ ކޮން ބައެއްކަންވެސް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ސާފުކޮށްދީފައި ނުވާ ކަމަށާއި، މިއީ އިންތިޚާބުގެ ނަތީޖާ ސަރުކާރުން ބޭނުންވާ ގޮތަކަށް އަނބުރާލުމަށް ކުރާ ކަންތައްތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު