އަލިފާނުގެ ޙާދިސާގައި އެގެއަށް ލިބުނު ބައެއް ގެއްލުންތައް
އަލިފާނުގެ ޙާދިސާގައި އެގެއަށް ލިބުނު ބައެއް ގެއްލުންތައް
ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެރަށުން "ރަސް އޮންލައިނަށް" މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ، މިއަދު މެންދުރު 11:45 ހާއިރު ހިނގާފައިވާ މި ޙާދިސާގައި އަނދާފައިވަނީ ތިން ކޮޓަރީގެ ގެއެއް ކަމަށާއި، އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްވެގެން ކަމަށް ބެލެވޭ ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ ރަށުގެ ގިނަ ބަޔަކު ހުކުރަށް ދިޔަ ވަގުތު އެވެ. ނަމަވެސް ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އަލިފާން ނިއްވާލިއިރު އެގޭގައި ހިފައިގެންގުޅޭ ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް މި ނޫހަށް މަޢުލޫމާތު ދެއްވި ފަރާތުން ވިދާޅުވެއެވެ. މި ޙާދިސާއާއި ގުޅިގެން ޙާލުގައި ޖެހިފައިވާ އާއިލާ އަށް ކައުންސިލުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގައި ރޯވި ގޭގެ ވެރި ފަރާތް ކަމުގައިވާ އާމިނަތު ދީދީއަށް ގުޅުއްވުމުން އޭނާ ފާހަގަކުރެއްވި ކަންކަން ކަމާ ގުޅޭ އިދާރާތަކާއި މުއައްސަސާތަކުގައި ދަންނަވައިގެން ބައްލަވަމުން ގެންދަވާ ކަމަށެވެ.

އަލިފާނުގައި ގެއަށް ލިބުނު ގެއްލުމުގެ އަގު 1.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި، އެ ޙާދިސާ ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާކަމަށް މަޢުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން