ސަރުކާރުން ކުރާ ކޮންމެ ރަނގަޅު ކަމަކަށް އިދިކޮޅު އެމްޑީޕީން ހުރަސްއަޅާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ދެއްކެވި ވާހަކަތަކަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބުދު ﷲ ދީދީ މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އާއި ގުޅުވައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ބެހޭގޮތުން ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ސަރުކާރުން ކުރަން އުޅެނީ ރަނގަޅު ކަމެކޭ، އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އޮތޭ" ކިޔާފައި، ކޮންމެ މީހަކު ވެސް އެމީހެއްގެ "ކޮމަން ސެންސް" އަށް ފެންނަ ގޮތަކަށް، ބާލިޣުނުވާ ކުޑަކުދިން ދައްކާ ޒާތުގެ ވާހަކަ ދައްކައިގެން ރައްޔިތުން އޮޅުވައިލެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
މި ބަހުސަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙާ ގުޅިގެން އުފެދިފައިވާ ބަހުސެކެވެ. ޑރ. ދީދީ ވަނީ މި އިޞްލާޙަކީ އެއަށް ދުސްތޫރީ ޝަރުޢިއްޔަތު ނުވަތަ "ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ އިޞްލާޙެއްތޯ ސުވާލު ކުރަށްވާފައެވެ.
ދީދީ އިތުރަށް ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީއަށް ގެނެވޭ އެއްވެސް އިޞްލާޙަކަށް އިޖްރާއީ ނުވަތަ "ފޯރމަލް ކޮންސްޓިޓިޔުޝަނަލް ލެޖިޓިމެސީ" ގެ އިތުރުން މައުޟޫޢީ ނުވަތަ "ސަބްސްޓެންޓިވް ލެޖިޓިމެސީ" ލިބިގެންވުން ލާޒިމްވެގެންވެއެވެ. ނަމަވެސް، މިހާރު ގެނެސްފައިވާ އިޞްލާޙަކީ ދުސްތޫރީ އަދި ޤާނޫނީ އިޖްރާއާތުތަކަށް އިޙުތިރާމް ކުރުމަކާ ނުލައި، ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމަށް ގެނެސްފައިވާ "ތަޢައްސުފީ" އިޞްލާޙެއް ކަމަށް ޑރ. ދީދީ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ޑރ. ދީދީ އިތުރަށް ވިދާޅުވީ، މިކަމުގެ ތަފްޞީލީ މަޢުލޫމާތާއި ޤާނޫނީ ނުކުތާތަކަށް އެކިއެކި ފޯރަމްތަކުގައި ކަމާބެހޭ ސްޕެޝަލިސްޓުން މީގެ ކުރިން ވެސް އަލިއަޅުވައިލައްވާފައިވާނެ ކަމަށެވެ.
މި މައްސަލާގައި ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެފައިވަނީ، ސަރުކާރުން ކިތަންމެ ރަނގަޅު ކަމެއް ކުރިނަމަވެސް އިދިކޮޅު އެމްޑީޕީން އެކަމާއި ދެކޮޅު ހަދާނެ ކަމަށެވެ. އަދި ތިން އިންތިޚާބު އެކުގައި ބޭއްވުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެއް ކަމަށް އާރިފް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު