މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވައިލި މަރުހަލާގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބޭއްވުމާމެދު މަޝްވަރާކުރެވިފައި ނުވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާތީ އެއީ ދޮގެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ނުފެންނަ ކަމަށް ވޯޓު ދިނުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ ގާނޫނުއަސާސީ އެކުލަވައިލިއިރު ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭގޮތުން އެއްވެސް ބަހުސެއް ކުރެވިފައި ނުވާ ކަމަށެވެ.
ނަމަވެސް، މާރިޔާގެ މި ވާހަކަތަކަށް ރައްދުދެއްވައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު މީސްމީޑިއާގައި ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީގައި ބޭއްވުމާމެދު ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ވަރަށް ފުޅާދާއިރާއެއްގައި ބަހުސްކުރެވިފައިވާ ކަމަށެވެ. އަދި އެކަން އެނގެނީ އެކަމާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް ތިން ހުށަހެޅުމެއް ހުށަހެޅި، އެއަށް ތާއީދުލިބި، މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާތީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ހާމަކުރެއްވި ގޮތުގައި، އެ ދުވަސްވަރު ހުށަހެޅުނު ތިން އިސްލާހަކީ:
މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) ހުށަހެޅުއްވި އިސްލާހު: ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 6 މަހާއި 8 މަހާ ދެމެދުގައި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް.
މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިސްލާހު: ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށް.
މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިސްލާހު: 6 މަސްދުވަހާއި 8 މަސްދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް.
ނާޒިމް ވިދާޅުވީ މި ހުރިހާ ހުށަހެޅުންތަކަކަށް ހާއްސަ މަޖިލީހުގައި ބަހުސްކުރެވި، އެއަށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އޭރުވެސް މަޝްވަރާކުރެވި ބަހުސް ހިނގާފައިވާ ކަމެއްކަން ސާފުކޮށް އެނގެން އޮތްއިރު، މާރިޔާ ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ނާޒިމް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު