އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި، އީރާނުން އެ ސަރަހައްދުގެ ގައުމުތަކަށް ރައްދުގައި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް މިއަދު ގޮވާލައިފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން ފެށުނު މި ހަނގުރާމައާ މެދު މީގެ ކުރިން ވެސް ރާއްޖޭން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ނަމަވެސް، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނަކީ އެމެރިކާ، އިޒްރޭލު އަދި އީރާނުން ދެމުންގެންދާ ހަމަލާތައް ރަސްމީ ސިފައެއްގައި ރާއްޖޭން ސީދާ ކުށްވެރިކުރި ފުރަތަމަ ފަހަރެވެ.
ފޮރިން މިނިސްޓްރީން ބުނީ، އީރާނުން އަވަށްޓެރި އަރަބި ގައުމުތަކަށް ދޭ ހަމަލާތަކާއި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު އަދި ބަހްރޭން ފަދަ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަލްފު ސަރަހައްދުގެ އެއާޕޯޓުތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ފަދަ އާންމުންނާ ގުޅުންހުރި ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ސީދާ ހިލާފު އަމަލުތަކެކެވެ. "އެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ނުހިންގަނީސް، އީރާނުން މިފަދަ ހަމަލާތައް ދެމުންދިއުމަކީ ހިތާމަހުރި ކަމެއް," ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާއެއްގައި ސަތޭކައަށް ވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ވެސް ރާއްޖޭން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގެ މަސްލަހަތު ގޯސްވެ، ސުލްހައަށް ކުރާ މަސައްކަތަށް ހުރަސްއެޅޭތީ، ހުރިހާ ފަރާތްތަކަކުން ވެސް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ރާއްޖޭން ވަނީ ބާރުއަޅާފައެވެ.
އޭގެއިތުރުން މެދުއިރުމަތީގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކޮށް، ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ރާއްޖޭން ވަނީ ގޮވާލާފައެވެ.
އީރާން ހަނގުރާމައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުން މިހާތަނަށް 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އީރާނުން ގެންދަނީ ސައުދީ، ބަހްރައިން، ކުވެއިތު އަދި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ރައްދު ހަމަލާ ދެމުންނެވެ.
މި ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން، ދުނިޔޭގެ ތެލުގެ ސަޕްލައިގެ 40 އިންސައްތަ އުފުލާ ހޮރްމުޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން ނިންމުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ހަކަތައިގެ ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އަދި ގަލްފުގެ ގިނަ ގައުމުތަކުން މިހާރު ވަނީ ބައިނަލްއަގުވާމީ ބާޒާރަށް ތެޔޮ ސަޕްލައިކުރާ މިންވަރު މަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު