ރާއްޖެއަށް މި އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތައް ފެށިފައިވާ ކަމަށާއި، ކޮންމެ ދުވަހަކުވެސް އެންމެ ހޫނު ގަދަވާނީ މެންދުރުފަހު 2 ޖަހާއިރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރިލް މަހަކީ ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު ރާއްޖޭގެ މަތީގައި ވިލާ މަދުވުމާއި، ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ހޫނުކަން އިތުރަށް އިހްސާސް ކުރެވޭނެ ކަމަށް މެޓުން މަޢުލޫމާތު ދީފައިވެއެވެ.
މޫސުމީ ރިކޯޑްތަކަށް ބަލާއިރު، ދުވާލުގެ ހޫނުމިން މަތިވެގެންދާ މިންވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރާ އަޅައިބަލާއިރު، މި ދުވަސްވަރު އޭގެ ފަރަގު ކުޑަވާކަން މެޓް އޮފީހުން ފާހަގަކުރެއެވެ. މީގެ ސަބަބުން އާންމު ވައިގެ ހޫނުމިނަށް ވުރެ، އިންސާނާގެ ހަށިގަނޑަށް އިހްސާސް ކުރެވޭ ހޫނުމިން މަތިވެގެންދެއެވެ.
ކުރިއަށް އޮތް އޭޕްރިލް މަހުގެ މޫސުމަށް ލަފާކުރާ ގޮތުން، އާންމު ގޮތެއްގައި ހުންނަ ވަރަށް ވުރެ ފިނިހޫނުމިން މަތިވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. މެޓް އޮފީހުން ބުނީ ކޮންމެ ދުވަހަކުވެސް ހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ބެލެވެނީ މެންދުރުފަހު 2:00 ހާއިރު ކަމަށެވެ.
މިއަދުގެ މޫސުމީ ރިކޯޑްތަކަށް ބަލާއިރު، އިހްސާސްކުރެވޭ ހޫނުމިން އެންމެ މަތީގައި ހުރީ މާލެ ސަރަހައްދުގައެވެ. އެގޮތުން ހުޅުލެ ސަރަހައްދަށް އިހްސާސްކުރެވޭ ހޫނުމިން 36 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައި ހުރި ކަމަށް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވާތީ، ގިނައިން ފެން ބުއިމަށާއި، އަވިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުންވެސް އިރުޝާދު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު