ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އިޢުލާންކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެމްބަރު އައްބާސް ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) ގެ ނ. ވެލިދޫ ސައިޓަށް އަނެއްކާވެސް އަލަށް 60 ވަޒީފާއަކަށް އިޢުލާންކޮށްފައިވާ ކަމަށެވެ. މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"ބޯމަތިވެފައި އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ހިންގާ ޖަރީމާތައް މިހުރީ ފެންނަން! އިންތިޚާބު ނިމޭއިރަށް އެންމެން ވަޒީފާއިން ވަކިކޮށް ފޮނުވާލާނެކަމީ ޔަޤީންކަމެއް،" އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި މިއީ އިންތިޚާބު ނިމުމުން އެ ރައްޔިތުން ވަޒީފާއިން ވަކިކޮށް، ސިޔާސީ ބޭނުމަކަށް ކުރާ އިސްރާފެކެވެ.
އައްބާސް މިހެން ވިދާޅުވެފައި ވާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ރިފަރަންޑަމެއް، ކައުންސިލް އިންތިޚާބާ އެކު ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލު ގެންނަން އުޅެނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، އެއްކޮޅުން ޚަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަމުން، އަނެއްކޮޅުން ސަރުކާރުގެ ކުންފުނިތަކުން ބޭކާރު ވަޒީފާތައް އުފައްދައި އިންތިޚާބާ ދިމާކޮށް ވަޒީފާ ބެހުމަކީ ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު