އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގެ ޑޯރަލްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓްރަމްޕް ވަނީ ވޭތުވެދިޔަ 10 ދުވަހުގެ ހަނގުރާމައަކީ "ކުރު މުއްދަތުގެ ދަތުރެއް" (ޝޯޓް-ޓާމް އެކްސްކާޝަން) ގެ ގޮތުގައި ސިފަކުރައްވާފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނުގެ ރޫހާނީ ތަޅުވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ އެކު ފެށުނު މި ހަނގުރާމައިގައި، މިހާތަނަށް އީރާނުގެ 5،000 އަށް ވުރެ ގިނަ އަމާޒުތަކަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ޓްރަމްޕް ހާމަކުރެއްވިއެވެ. މި ހަމަލާތަކުގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އިތުރުން ތެޔޮ ސާފުކުރާ ކާރުޚާނާތަކާއި ފެން އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވި ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅިން މުދާ އުފުލާ އުޅަނދުތަކަށް ހުރަސްއަޅަމުންދާ ނަމަ، އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ. "ޓެރަރިސްޓް ނިޒާމަކުން މުޅި ދުނިޔެ ރަހީނުކޮށް، ދުނިޔޭގެ ތެލުގެ ސަޕްލައި ހުއްޓުވަން ކުރާ މަސައްކަތަށް އަޅުގަނޑު ފުރުސަތެއް ނުދޭނަން. އީރާނުން އެފަދަ ކަމެއް ކޮށްފިނަމަ، މިއަށްވުރެ މާ ވަރުގަދަ ހަމަލާތަކެއް އެ ގައުމަށް ކުރިމަތިވާނެ،" ޓްރަމްޕް ވިދާޅުވިއެވެ.
އަދި އީރާނުގެ ޑްރޯން އާއި މިސައިލް އުފައްދާ މަރުކަޒުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު އީރާނުގެ މިސައިލް ގާބިލްކަން 10 އިންސައްތައަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އީރާނުގެ އާ ރޫހާނީ ލީޑަރުގެ މަގާމަށް، އަވަހާރަވި ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އައްޔަން ކުރެއްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެ ނިންމުމާ މެދު މާޔޫސްވާ ކަމަށާއި، އޭގެ ސަބަބުން އެ ގައުމުގެ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އިޒްރޭލުން ވަނީ އީރާނުގެ ކޮންމެ އާ ވެރިއަކުވެސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.
ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން މި ފިޔަވަޅު ނޭޅިނަމަ އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައި، އިޒްރޭލު އެއްކޮށް ނައްތާލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު