ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުމުގައި، ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ލިބުން ލަސްވުމަކީ ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން އަލަށް އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި 2013 ވަނަ އަހަރުގެ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނަށް ގިނަގުނަ ދަތިތަކެއް ހުރިކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެޗްއާރްސީއެމުން ބުނީ، މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ ގާބިލް މުވައްޒަފުން ލިބުމުގައި ދަތިތަކެއް ހުރިއިރު، ތަމްރީނު ލިބިފައިވާ މުވައްޒަފުން ވަޒީފާއިން ވަކިވެގެން ދިއުމުގެ ސަބަބުން "ކޭސްލޯޑް" އިތުރުވެ، މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ އަވަސް މިނެއްގައި މައުލޫމާތު ނުލިބުމާއި، މައްސަލަތަކާ ގުޅުންހުރި ލިޔެކިޔުންތައް ލިބުން ލަސްވުމުގެ ސަބަބުން މައްސަލަތައް ނުނިމި ދިގުލައިގެންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި މިއީ އިންސާފު ގާއިމުކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.
ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ފާހަގަވާ ނިޒާމީ މައްސަލަތަކާއި އެހެނިހެން ކަންބޮޑުވުންތައް ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެކަންކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި އެދެވޭ ބަދަލެއް ނާންނަކަން ވެސް އެޗްއާރްސީއެމުން ފާހަގަކުރެއެވެ. މީގެ ސަބަބުން އެފަދަ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ބަޖެޓުގެ ދަތިކަމަކީ ވެސް މި މަސައްކަތަށް އޮތް ހުރަހެއްކަން ފާހަގަކުރަމުން އެޗްއާރްސީއެމް އިން ބުނީ، ބައެއް އިދާރާތަކަށް އެކަށީގެންވާ ބަޖެޓު ނުލިބުމުގެ ސަބަބުން ކޮމިޝަނުގެ އިލްތިމާސްތައް ތަންފީޒު ނުކުރެވޭ ކަމަށެވެ. ހަމައެހެންމެ، ކޮމިޝަނުގެ މުވައްޒަފުން ތަމްރީނުކުރުމަށާއި އަހަރީ މަސައްކަތު ތާވަލު ފުރިހަމަކުރުމަށް ބޭނުންވާ ބަޖެޓު ނުލިބުމަކީ ވެސް ކުރިމަތިވާ ގޮންޖެހުމެކެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި ކަށަވަރުކުރުމުގެ މުހިންމު ޒިންމާ އަދާކުރާ މި މުއައްސަސާއަށް ހުށަހެޅޭ މައްސަލަތައް ބެލުން ލަސްވުމާއި، ޖަވާބު ނުލިބި ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން އާންމުންނާއި ސިޔާސީ އެކި ފަރާތްތަކުން ވެސް އަބަދުވެސް ފާޅުކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު