ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ މިއަދު އަލަށް އުފަންވެފައިވާ ޚިޔާލެއް ނޫން ކަމަށާއި، އެއީ ޤާނޫނު އަސާސީ އިސްލާޙްކުރި ދުވަސްވަރުވެސް އޮތް ތަޞައްވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލް މެންބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުންނެވެ.
އެ ޖަލްސާގައި ނާޒިމް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ވާހަކައަކީ މިއަދު އަލަށް ދައްކަން ފެށި ވާހަކައެއް ނޫން ކަމަށެވެ. އެގޮތުން ޚާއްޞަ މަޖިލީހުގައި ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި މެންބަރެއްގެ ހައިސިއްޔަތުން ނާޒިމް ވިދާޅުވީ، އެ ދުވަސްވަރުވެސް ވޯޓުތައް ތަރުތީބުކުރާނެ ގޮތާމެދު ފުޅާ ދާއިރާއެއްގައި ބަހުސްކުރެވި، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ހުށަހެޅި އެކަމަށް އޭރު ތާއީދުވެސް ލިބިފައިވާ ކަމަށެވެ.
ދެ އިންތިޚާބު ބާއްވާ ތާރީޚުތައް ފަރަގުވެގެން ދިޔަ ސަބަބާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، އެއީ ޤާނޫނުއަސާސީ ފަރުމާކުރި މީހުންގެ ވިސްނުން އެގޮތަށް ހުރެގެންވީ ކަމެއް ނޫން ކަމަށެވެ. ހަމައެއާއެކު ނާޒިމް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤާނޫނުއަސާސީ އިޞްލާޙުކޮށް އެކުލަވާލިއިރުވެސް ގެންގުޅުނު އަސްލު ތަސައްވަރު ކަމަށާއި، ދުނިޔޭގެ ބޮޑެތި ޑިމޮކްރެސީތަކުގައިވެސް މިއަދު އަމަލުކުރަމުންދާ އުސޫލަކީ އެއީ ކަމަށެވެ.
"އާ ޤާނޫނުއަސާސީގެ ދަށުން މިނިވަން މުއައްސަސާތަކާއި ގާނޫނުތައް ފަރުމާކޮށް ނިންމަން ނެގި ވަގުތުގެ ސަބަބުން ދެ އިންތިޚާބުގެ ތާރީޚު ފަރަގުވެގެންދިޔައީ. އެހެން ނޫންނަމަ އޭރުވެސް އޮތީ އެކުއެކީގައި ކުރިއަށްދާ ގޮތަށް." ނާޒިމް ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީން މިކަމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީން މަސައްކަތް ކުރަނީ ރައްޔިތުންނަށް ކަންކަން އޮޅުވައިލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ބޭނުމަކީ ދެ އިންތިޚާބުވެސް ވަކިވަކި އިންތިޚާބެއްގެ ގޮތުގައި އެއް ދުވަހެއްގައި ބޭއްވުންކަމަށް ނާޒިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މީގެ ސަބަބުން ދައުލަތުގެ ޚަރަދު ކުޑަވުމުގެ އިތުރުން، މަޖިލިސް އިންތިޚާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުން ބެލިޔަސް، އިންޑޮނޭޝިއާ، ތުރުކީ، މެކްސިކޯ އަދި އުރުގުއޭ ފަދަ ގައުމުތަކުގައިވެސް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަނީ އެއް ދުވަހެއްގައިކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި އަވަށްޓެރި ސީޝެލްސްއިންވެސް 2020 ވަނަ އަހަރު މި ބަދަލު ގެނެސް، ކާމިޔާބުކަމާއެކު އިންތިޚާބުތައް ބާއްވާފައިވާކަން އޭނާ މިސާލެއްގެ ގޮތުގައި ދެއްކެވިއެވެ.
އޭގެއިތުރުން ނާޒިމް ވިދާޅުވީ، މި ސަރުކާރުން މަޖިލިސް މެންބަރުން "ގަތުމާއި ވިއްކުމުގެ" ވިޔަފާރި ހުއްޓުވައި، އެންޓި-ޑިފެކްޝަން ގާނޫނުގެ ތެރެއިން ސިޔާސީ ހަމަޖެހުން ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ވޭޕް މަނާކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ މިކަމަކީ ސަރުކާރުން ހެޔޮހިތުން އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށްޓަކައި ކޮށްދޭކަމުގައި ވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް، ވަކިން ހާއްސަކޮށް އަންހެން ކެންޑޭޓުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް ނާޒިމް އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު