މާލެއަކީ އާބާދީ ބޮޑު، އުސް އިމާރާތްތައް ގިނަ ރަށެކެވެ. ނަމަވެސް، މިއަދު މާލޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތަކުލީފަކީ އެމް.ޑަބްލިއު.އެސް.ސީ އިން ފޯރުކޮށްދޭ ފެނުގެ ޕްރެޝަރު ދަށްވުމުގެ މައްސަލައެވެ. ފެނުގެ ޚިދުމަތަކީ ކޮންމެ ސިކުންތަކުވެސް ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ އެއް ޚިދުމަތަށްވީ ނަމަވެސް މާލޭގެ ރައްޔިތުންނަށް މި ޚިދުމަތް ލިބިގަތުމަށް އުފުލަންޖެހެނީ ކުޑަ ތަކްލީފެއް ނޫނެވެ. މިއީ ދުވަހުން ދުވަހަށް ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާ، "ޕްރެޝާރ ޒީރޯ" ގެ ހާލަތެކެވެ.
މާލޭގެ އިމާރާތްތަކުގެ މަތީ ފްލޯރތަކުގައި ދިރިއުޅޭ ގިނަ ބަޔަކަށް ފެން ލިބުމަކީ މިހާރު މެދުނުކެނޑި ކުރިމަތިވާ މާޔޫސްކަމެކެވެ. ގިނަ ގޭގޭގެ ތިންވަނަ ފަންގިފިލާއިން ފެށިގެން މަތީގެ ފަންގިފިލާތަކަށް ފެން އެރުމުގައި ބޮޑެތި ދަތިތަކެއް ހުރެއެވެ. ޚާއްޞަކޮށް، ހުކުރު ދުވަސް ފަދަ ގިނަ ބަޔަކު އެއްފަހަރާ ފެން ބޭނުންކުރާ ދުވަސްތަކުގައި، ހަވަނަ ފަންގިފިލާއާ ހަމައަށް ފެން ފޯރުން އޮންނަނީ ހުއްޓިފައެވެ. ހެނދުނުން ފެށިގެން މެންދުރު ފަސްވަންދެން ފެން ނުލިބި ތިބެންޖެހުމަކީ އިންސާނީ ކަރާމާތަށްވެސް އަސަރުކުރާ ކަމެކެވެ. ކުޑަކުދިންނާއި މުސްކުޅިން ދިރިއުޅޭ ގޭބިސީތަކުގައި، ފާޚާނާކޮށް ގައިން ތާހިރުވާން ބާލިދީއަށް ފެން ފުރައިގެން އުފުލަން ޖެހުމަކީ ލަދުވެތި ކަމެކެވެ. މިފަދަ ހާލަތެއްގައި "ޝޭމް އޮން އެމް.ޑަބްލިއު.އެސް.ސީ" އޭ ބުނުން ފިޔަވައި އިތުރު އިޚްތިޔާރެއް ރައްޔިތުންނަކަށް ނެތެވެ.
އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރުވެސް، ހަވަނަ ފަންގިފިލާގައި ދިރިއުޅޭއިރު ހުކުރު ދުވަހަކީ "ފެން ނެތް" ދުވަހެކެވެ. ހެނދުނުން ފެށިގެން މެންދުރު ފަސްވަންދެން އިސްކުރަކުން ފެންތިއްކެއްވެސް ނާދެއެވެ. އަދި ފެން އަންނަން ފަށާއިރުވެސް ޕްރެޝަރު ހުންނަނީ އިންތިހާއަށް ދަށުގައެވެ. މީގެ ސަބަބުން ފެންވެރުމާއި، ތަށިދޮވުމާއި، ގޭތެރެ ސާފުކުރުން ފަދަ އާދައިގެ ކަންކަންވެސް ބޮޑު ތަކުލީފަކަށް ބަދަލުވެއެވެ. މިއަދު މާލޭގެ ގިނަ ގެތަކުގެ ފާޚާނާ ފްލޭޝް ޓޭންކްތަކަކީ ސަޕްލައި ފެނަށް ބަރޯސާވާ އެއްޗިއްސަށް ވާއިރު، ފެން ކެނޑުމުން މުޅި ގޭގެ ނިޒާމު ހުއްޓުމަކަށް އާދެއެވެ.
ޚިދުމަތް ދިނުމުގެ މާނައަކީ ހަމައެކަނި އިމާރާތުގެ އިންފާރާ ހަމައަށް ހޮޅިއެއް ވައްދައިދިނުމެއް ނޫނެވެ. ޚިދުމަތް ފުރިހަމަވީކަމަށް ވާނީ އެ ޚިދުމަތް ބޭނުންކުރާ މީހާއަށް، އޭނާ ހުރި ތަނަކަށް އެ ޚިދުމަތުގެ ބޭނުން ހިފުނީމައެވެ. ޚާއްޞަކޮށް ރަމަޟާން މަސް ފަދަ، އަޅުކަމަށާއި ކައްކާ ކެއުމަށް ފެން އިންތިހާއަށް ބޭނުންވާ ދަނޑިވަޅެއްގައި މިފަދަ ހާލަތެއް މެދުވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމާދަށް ތައްޔާރުވުމަށް ވުޟޫކޮށްލާނެ ފެންފޮދެއް ނުލިބި، ހުކުރު ނަމާދަށް ދިއުމުގެ ކުރިން ފެންވަރާލަން ބާލިދީއެއް ފުރޭތޯ ފަތިހާ ހޭލައިގެން އިންތިޒާރު ކުރަންޖެހުމަކީ މާލޭގެ ރައްޔިތުން އުޅެންޖެހިގެން ވާނެ ހާލެއް ނޫނެވެ.
މި މައްސަލައިގައި އެންމެ ބޮޑު މާޔޫސްކަމެއް ލިބެނީ އެމް.ޑަބްލިއު.އެސް.ސީ އަށް ޝަކުވާ ހުށަހެޅުމުންނެވެ. ޕްރެޝަރު ރަނގަޅު ކުރުމުގެ ބަދަލުގައި، އެ ކުންފުނިން ދޭ ޖަވާބަކީ އަމިއްލައަށް "ބޫސްޓަރ ޕަމްޕެއް" ހަރުކުރުމަށެވެ. މާނައަކީ ކަސްޓަމަރުން ފެނަށް ބަރާބަރަށް ފައިސާ ދައްކާއިރުވެސް، ފެންކޮޅު މައްޗަށް އަރުވަން އަނެއްކާވެސް އަމިއްލަ ޖީބުން ބޮޑު ހޭދައެއް ކުރަންވީއެވެ. މިއީ ޒަރޫރީ ޚިދުމަތެއް ދޭ ކުންފުންޏަކުން ކަންކުރަންޖެހޭނެ ގޮތެއް ނޫނެވެ.
އަސާސީ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. ރައްޔިތުން ވޯޓުދީފައި ވެރިން ހޮވަނީ މިފަދަ އަސާސީ ބޭނުންތައް ފުއްދައިދިނުމަށެވެ. ނަމަވެސް، ފެން ފަދަ ފުރާނައާ ގުޅިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރައްޔިތުން މިފަދަ ބޮޑު ތަކުލީފެއް އުފުލަން ޖެހުމަކީ އެމް.ޑަބްލިއު.އެސް.ސީ އާއި ކަމާބެހޭ އިދާރާތައް ނާކާމިޔާބުވެފައިވާ ކަމުގެ ހެއްކެކެވެ. ރައްޔިތުން ބޭނުންވަނީ "ބޫސްޓަރ ޕަމްޕު" ހަރުކުރާކަށް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އެމީހުން ދައްކާ ފައިސާއާ އެއްވަރުގެ، އިތުބާރު ހުރި ފެނުގެ ޚިދުމަތެކެވެ.

ކިޔުންތެރިންގެ ހިޔާލު