މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގައި ހިމެނޭ ޕްރައިވެޓް ސެކްޓާ މެންބަރުންގެ ތެރެއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން ތިންވަނަ ފަހަރަށް ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން އެއް މަގާމު ހުސްވުމާ ގުޅިގެން އެންމެ ފުރަތަމަ ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ނަމަވެސް އެ ފަހަރު އެކަށީގެންވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ، ދެވަނަ ފަހަރަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުޅުވާލިއެވެ. ދެވަނަ އިއުލާނާ ގުޅިގެންވެސް ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައި ނުވާތީ، ޕެންޝަން އޮފީހުން މިވަނީ އަލުން އެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މެންބަރުން ހޮވުމުގެ މަސައްކަތް ކުރިއަށްދާނީ ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ހާއްސަ ސިލެކްޝަން ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ތިން ނަމެއް ޝޯޓްލިސްޓް ކުރުމަށްފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ކަށަވަރު ކުރާނެއެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ޕެންޝަން ނުވަތަ އިންވެސްޓްމަންޓް ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެއެވެ. މީގެ އިތުރުން، މި މަގާމަކީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މަގާމަކަށްވާތީ، ކުރިމަތިލާ ފަރާތަކީ ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ސަރުކާރުގެ 50 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުންޏަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށްވެސް ވެގެންނުވާނެއެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި މެންބަރުން ހޮވުމުގައި ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަމަށްވެސް ރިއާޔަތްކުރެވޭނެއެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު