ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ފައްތާލެވުނު އީރާނުގެ އުޅަނދުތަކުގައި ތިބި ފަޅުވެރިންގެ ތެރެއިން ސަލާމަތްކުރެވުނު ފަޅުވެރީންނަށް އިންސާނީ އެހީތެރިކަމުގެ ދަށުން އެއް މަސްދުވަހުގެ ހިލޭ ވިސާ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރީ ސްރީލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ އެންޑް ޕާލިމަންޓަރީ އެފެއާޒް އަނަންދަ ވިޖޭޕާލާއެވެ.
މި ނިންމުމުގެ ދަށުން ވިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ސަބްމެރީނަކުން ހަމަލާދީ ފައްތާލި އީރާނުގެ "އައި.އާރް.އައި.އެސް ދޭނާ" އުޅަނދުން ސަލާމަތްވި 32 ފަޅުވެރިންނަށާއި، "އައި.އާރް.އައި.އެސް ބުޝެހްރު" އުޅަނދުގައި ތިބި 200 އަށްވުރެ ގިނަ މީހުންނަށެވެ. މި ފަރާތްތަކަށް ލަންކާގައި މަޑުކުރުމުގެ ފުރުސަތު ދެނީ އިންސާނީ ހިމާޔަތުގެ ދަށުންނެވެ.
މިނިސްޓަރު ވިޖޭޕާލާ ވިދާޅުވި ގޮތުގައި، އީރާނުގެ ފަޅުވެރިންނާމެދު އަމަލުކުރަމުންދާ ގޮތަކީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ސްރީލަންކާއިން އަމަލުކުރާ ކަނޑުގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެކެވެ. އަދި މިއީ ވަކި ގައުމަކަށް ތާއީދުކުރުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ސަލާމަތްކުރެވުނު މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.
މި ފަރާތްތަކަށް ދޫކުރާ އެއް މަސްދުވަހުގެ ވިސާގެ ސަބަބުން، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު