ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ނިންމައި، އެއީ ދައުލަތުގެ ޚަރަދު ކުޑަކުރަން ކުރާ ކަމެއް ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ދެ އިންތިޚާބު އެއްކުރުމާ ގުޅޭގޮތުން ނަގާ ފެންނަނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ގޮވައިލުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ނަމުގައި މިފަދަ ބަދަލެއް ގެނައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ޑިމޮކްރަސީ ހަރުދަނާކުރަން ކުރާ ކަމެއް ކަމަށް ބުނުމަކީ "ހިނިއަންނަ ޒާތުގެ" ވާހަކައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އެހެރަ ވަޒީފާތަކާއި، އެމްބަސީތަކުގައިި އެހެރަ ވަޒީފާތަކާއި، އެހެރަ ހަވާއެރުވުމާއި، ގިރިޓީ މަޝްރޫއުތަކާއި، މިހެންގޮސް މިހެންގޮސް އެތައް ދިމާއެއް އަޅުގަނޑުމެންނަށް ކިޔައިދެވިދާނެ އަސްލުގައި ޚަރަދުކުޑަކުރަން. އިންތިޚާބަކުން ނޫން ޚަރަދުކުޑަކުރަން ފަށަންޖެހޭނީ. އެހެންވީމާ މިއީ ޑިމޮކްރަސީ ޚަރުދަނާކުރަން ކުރާ ކަމެކޭ ބުނީމާ އެއީ މަލާމާތެއް." އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، ޕީއެންސީން މި ބަދަލު ގެންނަން އުޅެނީ އެ ޕާޓީގެ ކެމްޕޭން ޚަރަދުތައް ކުޑަކޮށް، އެއްފަހަރުން ދެ ބާރު ހޯދަން ފަސޭހަ ކުރުމަށް ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ޚަރަދު ކުޑަކުރުމަކީ ދައުލަތުގެ ޚަރަދު ކުޑަކުރުން ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއީ ރާއްޖޭގެ ޑިމޮކްރަސީ ހިނގާ ތަބީއަތަށް ގެނެވޭ ދާއިމީ ބޮޑު ބަދަލެއް ކަމަށާއި، މިކަމުގެ ނުރައްކަލާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ބަދަލުގެ ސަބަބުން ކުރާނެ އަސަރުތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. އަދި މި ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ކުރިމަގުގައި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތަށް ބަދަލުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނަމުންދަނީ ދެ އިންތިޚާބު އެއްކުރުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބޮޑު ޚަރަދެއް ސަލާމަތްކުރުން ކަމަށެވެ. މިކަމަށްޓަކައި ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ރައީސް އެ އިސްލާހު ތަސްދީގު ކުރަށްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު