ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުން ސަރުކާރަށް ލިބޭނީ "ލަދުގަންނަ" ވަރުގެ ނަތީޖާއެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފޮރިން މިނިސްޓްރީން މަހަކު ކުރާ ޚަރަދު 23 މިލިއަން ރުފިޔާއިން 54 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. މިއީ އަހަރަކަށް ބަލާނަމަ 648 މިލިއަން ރުފިޔާ ކަމަށާއި، ފަސް އަހަރުގެ ދައުރެއްގައި 3.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިލް ވިދާޅުވި ގޮތުގައި އެމްބަސީތަކަށާއި ހައިކޮމިޝަންތަކަށް ސަރުކާރުން ކުރާ މި ބޮޑު ޚަރަދުގެ ނަތީޖާ ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ. ނަމަވެސް އެކަން ސާފުކޮށްދިނުމުގައި ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ބަހަނާގައި ދެ އިންތިޚާބު އެއްކޮށްލަން އުޅޭ އުޅުމަށް ފާޑުވިދާޅުވަމުން ނާޒިލް ވިދާޅުވީ، އެކަމާ މެދު ރައްޔިތުންގެ ޖަވާބަކީ ނޫނެކޭ ކަމަށެވެ. "ނަތީޖާ ބޮޑުކޮށް ފެންނާނެ، ލަދުގަންނަ ވަރަށް ފެންނާނެ ނަތީޖާ. އިންތިޚާބު އެއްކޮށް ނުލެވޭނެ، ނުކުރެވޭނެ، ރައްޔިތުންނެއް ވޯޓެއް ނުދޭނެ." ނާޒިލް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ މި ސަރުކާރު ރައްޔިތުން ބަލައިނުގަންނަކަން ހާމަވެގެންދާނެ އިންތިޚާބެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަކީ ޚަރަދު ކުޑަވެ، ދައުލަތަށް ފައިދާވާނެ ކަމެއް ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ދެ އިންތިޚާބު އެއްކޮށްލުމުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މިއީ ރިޔާސީ ދައުރު ދަންމާލުމަށް ސަރުކާރުން ކުރަން އުޅޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު