އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ޙަވާލުކުރުން
އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ޙަވާލުކުރުން
ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫޢަކީ 44.31 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް އެއްކޮތް ނިންމާލެވޭނެ ކަމަށް ލަފާ ކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.



އަނގޮޅިތީމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރު ތޮށީގައި 221 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 9144 މީޓަރުގެ އެއްގަމު ތޮށި ލުމާއި 12 ބަނދަރު ބައްތި ޖެހުމާއި 1110 ސްކެއަރ މީޓަރުގެ ޕޭވްމެންޓު ހެދުން ހިމެނެ އެވެ.

މީގެ އިތުރުން 5 މޫރިންގ ބްލޮކސް ޖެހުމާއި 42،000 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި 615 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި 2 ނެރު ބައްތި ޖެހުމާއި 166 މީޓަރު ރިވެޓްމެންޓު ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން