ރައީސް ޔާމިން ޕީޕިއެމް-ޕީއެންސީގެ ލީޑަރ ޝިޕްގެ އިސްބޭފުޅުންނާއެކު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް ޔާމިން ޕީޕިއެމް-ޕީއެންސީގެ ލީޑަރ ޝިޕްގެ އިސްބޭފުޅުންނާއެކު ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ 8 އެކައުންޓެއް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކަށް ފްރީޒްކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން  ކުރި ޙުކުމުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ދައުވާ ތަކެއްކަން ސާފުވެފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ އާއި އެކޯލިޝަންގެ އިސްބޭފުޅުން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ އެކައުންޓުތައް ދޫކޮށްލައި ހައިކޯޓުން ނެރުނު އަމުރު ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކުރަން އެދުނީ އޭސީސީ އާއި ރައީސް ޔާމީން އާއި ގުޅިގެން އުފެއްދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ މުއާމަލާތާއި ގުޅިގެން ކަމަށްވެފައި އިސްލާމިކް ބޭންކުގައި އޮތް 8 އެކައުންޓާއި، އެ މުއާމަލާތާއި އޮތް ގުޅުމެއް ދައުލަތަށް ދެއްކިފައި ނުވާކަމަށެވެ.

ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮތް 8 އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށްކަން ނުފެންނަ ކަމަށް ހުކުމްގައިވެއެވެ. ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވީ އެންމެ މަތީ ކޯޓުގެ ހުކުމާއެކު ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާ ތަކެއް ކަން އެނގިގެން ހިގައްޖެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް އަދުރޭ ވަނީ ގޮވާލައްވާފައެވެ.

ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވެސް ވަނީ އަނިޔާވެރިކަން އިސްނުކޮށް އެ ހުކުމާއެކު ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލައްވާފައެވެ. ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސައްހަ ދައުވާތަކެއް ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމުން މިއަދު އެނގިގެން ހިނގައްޖެ ކަމަށެވެ. މީގެއިތުރުން ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ވެސް ބާތިލް ހުކުމެއްކަން އެނގިގެން ހިނގައްޖެ ކަމަށާއި އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރުމަށް އޭނާވެސް ވަނީ ގޮވާލައްވާފައެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމާއެކު ރައީސް ޔާމިން އަށް ދެނީ ނުހައްގު އަނިޔާކަން ސާފުވެފައިވާ ކަމަށެވެ. އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

މިއަދު ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުގެ ހުުކުމުން އެނގިގެން ދިޔައީ މިސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ނުކުރާނެ ކަމެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޙަސީނާއަލީ

09-Oct-2020

އަދުރޭއަށް ތިކަންވާން އެބައޮތް. އެއީ ޔާމީންއަށް އަދުރޭ މާފުދީފަ ސައީދުއަށް އަންގާ ޔާމީން މިނިވަންކުރާށޭ.



ޓްރެންޑިން