ހދ. ކުޅުދުއްފުށިން އިތުރު 3 ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޅުދުއްފުށީ ސިޓީން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ ވެސް ފުލުހެކެވެ. އެ ފުލުސްމީހާ މަސައްކަތެއްގައި ޚާއްސަ ހުއްދައިގެ ދަށުން ފަސް ރަށަކަށް ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫއެވެ. އެރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައުމަށްފަހު މޮނިޓަރިންގެ ހާލަތު މިހާރު ވަނީ އުވާލާފައެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ބަލީގެ އަލާމަތްތައް ހުރުމުން ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ދައްކައި ހެދި ޓެސްޓުންނެވެ. އެ ފުލުސްމީހާ މި ފަހުން މާލެއަށް ދަތުރެއް ކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް އެ ހިސާބުގެ އެހެން ޕޮލިސް ސްޓޭޝަންތަކަށް ދަތުރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ޕޮޒިޓިވުމާއި ގުޅިގެން 30 ފުލުހަކު ކަރަންޓީނުކޮށްފައިވެއެވެ. އޭގެތެރެއިން 3 ފުލުހެއްގެ ނަތީޖާ ލިބުނުއިރު އެ ފުލުހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށި ސިޓީ އިން ވާހަކަ ދެއްކި ފުލުހަކު ބުނީ، އެކަން ދިމާވެފައިވަނީ ޚާއްސަ ހުއްދައެއްގެ ދަށުން މާލެ އިން އައި ފުލުހުންތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

"އަސްލުމީ ވަރަށް ހިތާމަވެރިކަމެއް، ޚާއްސަ ހުއްދައިގެ ދަށުން މިކޮޅަށް ( ކުޅުދުއްފުއްޓަށް) އައި ފުލުހުންގެ ފަރާތުން މިކަންވެފައި މިއޮތީ." ރަސް އޮންލައިން އާއި ވާހަކަ ދެއްކި ފުލުހަކު ނަންނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

މުޙައްމަދު

11-Oct-2020

މީހަމަ ތެދެއްތަ ? ތަންކޮޅެއް ރަނގަޅަށް ބަލާފަ ލިޔެބަލަ,


13

ޢާއްމު

09-Oct-2020

ސިއްރު މަޢުލޫމާތު ހާމަ ކުރާ ފުލުހުން އަށް ފިޔަވަޅު އަޅަންޖެހޭ އަދި ވަކި ފުލުހަކާ ހަވާލާދީ ހަބަރެއް ނުލިޔެވޭނެ



ޓްރެންޑިން