އިންޑިއާގައި ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 78،524 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު 6.84 މިލިއަނަށް އަރައިފިއެވެ.

މީގެއިތުރުން ވޭތިވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 971 އަށް އަރައި، މުޅި ޖުމްލަ މަރުވި މީހުންގެ އަދަދު 105،526އަށް އަރައިފާވާކަމަށް އިންޑިއާގެ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ.

އިންޑިއާގައި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 1 ލައްކަ އަށް އަރައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއާއެކު އެމެރިކާ އަދި ބްރެޒިލް އަށްފަހު އެެންމެ ގިނަމީހުން ބަލީގައި މަރުވި ކަމަށް ދައްކަނީ އިންޑިޔާގައެވެ.

އިންޑިޔާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވި ކަމުގައި ވީނަމަވެސް، މިދިޔަ ހަފުތާގައި އިންޑިޔާގެ ސްކޫލް ތަކާއި ސިނަމާތައް ހުޅުވުމަށް، އިންޑިޔާ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން