ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޑރ. އިޔާޒް
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޑރ. އިޔާޒް
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީއަށް މިހާރު ފެނިވަޑައިގަންނަވަނީ މަގާމުގައި ހުންނެވިއިރު ހުކުމް ވިއްކުމުގެ ހިތި ނަތީޖާ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. މުހަންމަދު އިޔާޒް އަބުދުލް ލަތީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތީތައުލީމުގެ އެންމެ މަތީ ފާސް ނަންގަވައިގެން ފަހުގެ ނިޔާ އިއްވުމުގެ އެންމެ ބާރުވެރި ފަރާތް ކަމަށް ވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އާލަމީ ފިކުރުގެ މީހުން ބުނިހާ ގޮތަކަށް ޙުކުމް ވިއްކެވުމުގެ ހިތި ރަހަ މިއަދު ލަމުންދާ ކަމަށެވެ. ދެންވެސް ތައުބާވެ ވަޑައިގެން އިސްލާހް ވެ ވަޑައިގެންނެވުމަށް ވެސް ޑރ.އިޔާޒް ވަނީ ޑރ. ޢަހުމަދު އަބުދު ﷲ ދީދީ އަށް ގޮވާލައްވާފައެވެ.



ޑރ.އިޔާޒަށް ނުސީދާކޮށް ރައްދު ދެއްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ދައުލަތަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނީ ލާދީނީ ނިޒާމްތަކަށް އެއްބާރުލުން ދީގެން، ދީނީ ފޭރާން ލައިގެން ތިބޭ މުނާފިޤު ޝައިޚުން ކަމަށެވެ. މާތް الله އެބައިމީހުންގެ ނުރައްކަލުން ދިވެހި އުއްމަތް ސަލާމަތް ކުރެއްވުން އެދި ޑރ.އަހްމަދު އަބުދު ﷲ ދީދީ ވަނީ ދުއާ ދަންނަވާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ ސުލޫކީ މައްސަލަތަކެއް ބަލަން ފަށައި އެމައްސަލައިގައި ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އޭނާ ވަނީ އެކޮމިޝަނަށް ހާޒިރުވެ ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. އެމައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މަގާމުން ޑރ.އަހުމަދު އަބުދު ﷲ ދީދީ ވަކިކުރަން ނިއްމައި ޖޭއެސްސީ އަށް ފޮނުވުމުން މަޖިލީހުން ވަނީ އެމަނިކުފާނު މަގާމުން ވަކިކޮށްފައެވެ. ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް އަބުދު ﷲ ދީދީ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު