މެދުއިރުމަތީގެ ގައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ސަރަހައްދުގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ހާލަތު ސަރުކާރުން ނުހަނު ގާތުން ބަލަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ މަޝްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއްވެސް ދިވެހި ދަރިވަރަކަށް އޭގެ އަސަރު ކުރޭތޯ ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓްރީން ވަނީ ދީފައެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ދަރިވަރުންގެ ހާލަތު ދެނެގަތުމަށާއި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި ކަމާގުޅޭ ދައުލަތުގެ އިދާރާތަކާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިތުރުން ދަރިވަރުން ކިޔަވަމުންދާ ތައުލީމީ މަރުކަޒުތަކާ ގުޅިގެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން، މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުވައި، ދަރިވަރުންނަށް ބޭނުންވާ އިރުޝާދުތައް ފޯރުކޮށްދެމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި ނާޒުކު ދަނޑިވަޅުގައި ދަރިވަރުންގެ ސަލާމަތަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު