ޑެންގީ ހުން ފެތުރޭ މިންވަރު ދުނިޔޭގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިންޑިއާއިން މި ބައްޔަށް ފަރުވާއެއްގެ ގޮތުގައި ވެކްސިނެއް އުފެއްދުމުގެ ފަހު މަރުހަލާތަކާ ގާތަށް ޖެހިލައިފިއެވެ. މިއީ މުޅި ދުނިޔޭގެ ސިއްހީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ.
އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އާއި ޕަނަސިއާ ބަޔޯޓެކް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، މިހާރު ވަނީ ވެކްސިންގެ "ފޭސް 3" ކްލިނިކަލް ޓްރަޔަލްތައް ފަށާފައެވެ. މިއީ ވެކްސިނެއް އާންމުކޮށް ބޭނުންކުރަން ފެށުމުގެ
ކުރިން ކުރިއަށްގެންދާ އެންމެ މުހިންމު އަދި އެންމެ ފަހު މަރުހަލާއެވެ.
މި ޓްރަޔަލްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން 10,000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެންނެވެ. މީގެ ތެރޭގައި 18 އަހަރާއި 80 އަހަރާ ދެމެދުގެ މީހުން ހިމެނޭނެއެވެ. މި ޓްރަޔަލްގެ މައިގަނޑު މަގްސަދަކީ ވެކްސިންގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކާއި، ވެކްސިންގެ ރައްކާތެރިކަން އަދި ބަލިން ދިފާއުކޮށްދޭ މިންވަރު ދެނެގަތުމެވެ.
މި ވެކްސިނަކީ "ޓެޓްރަވޭލަންޓް" ވެކްސިނެކެވެ. މީގެ މާނައަކީ ޑެންގީ ވައިރަހުގެ ހަތަރު ބާވަތް ކަމަށްވާ ޑީއީއެން-1، ޑީއީއެން-2، ޑީއީއެން-3 އަދި ޑީއީއެން-4 އިން މި ވެކްސިން ރައްކާތެރިކޮށްދޭނެއެވެ. މިއީ ލައިވް-އެޓެނުއޭޓެޑް ވެކްސިނެއް ކަމުން، މީގެ ސަބަބުން ހަށިގަނޑުގައި ވަރުގަދަ ދިފާއީ ބާރެއް އުފެދިގެންދާނެ ކަމަށް ދިރާސާވެރިން ބުނެއެވެ.
އިންޑިއާއަކީ ޑެންގީގެ ނުރައްކާ އިންތިހާއަށް ބޮޑު ގައުމަކަށްވާއިރު، މިހާތަނަށް ދުނިޔޭގައި އުފައްދާފައިވާ ބައެއް ވެކްސިންތަކަކީ ހުރިހާ އުމުރުފުރައަކަށް ނުވަތަ ހުރިހާ ހާލަތަކަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫނެވެ. ނަމަވެސް އިންޑިއާއިން މި އުފައްދާ ވެކްސިނަކީ އެ ގައުމުގެ މޫސުމާއި، މީހުންގެ ހަށިގަނޑުގެ އޮނިގަނޑާ ގުޅޭގޮތަށް ތައްޔާރުކުރެވޭ އެއްޗެއް ކަމުން، މީގެ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ފޭސް 3 ގެ ޓްރަޔަލްތައް ކާމިޔާބުކަމާއެކު ނިމިއްޖެނަމަ، އިންޑިއާގެ ޑްރަގް ކޮންޓްރޯލަރ ޖެނެރަލްގެ ހުއްދަ ލިބުމާއެކު މި ވެކްސިން އާންމުކޮށް ބޭނުންކުރަން ފެށޭނެއެވެ. މިއީ ހަމައެކަނި އިންޑިއާއަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މިއީ ރާއްޖެ ފަދަ ޑެންގީގެ ނުރައްކާ ބޮޑު އަވަށްޓެރި ގައުމުތަކަށްވެސް ލިބިގެންދާނެ ބޮޑު ލުޔަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު