މޮރިޝަސް ސަރުކާރުން ދިވެހިރާއްޖެއާ އޮންނަ ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މޮރިޝަސްއިން ދިވެހިރާއްޖެއާ އޮތް ޚާރިޖީ ގުޅުން ކަނޑާލުމަށް ނިންމި ނިންމުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ސުލްހަވެރި ހައްލެއް ހޯދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މޮރިޝަސްއިން ރާއްޖެއާ ގުޅުން ކަނޑާލާފައިވަނީ ފޯޅަވަހި (ޗާގޯސް) މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ޚާއްސަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުން ގަބޫލުނުކުރާނެ ކަމަށް މިހާރުގެ ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައި، މޮރިޝަސްގެ މި ނިންމުމާއެކު ދެ ގައުމުގެ ގުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ފޯޅަވައްސަކީ ތާރީޚީ ގޮތުން ރާއްޖެއާ ގުޅުންހުރި ތަނެއް ކަމަށާއި، އެތަނުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮންނަންޖެހޭނެ ކަމަށް ބަހުސް ކުރައްވާފައެވެ. ނަމަވެސް، މިހާރު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ގުޅުން ކަނޑާލުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަހެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު