މޮރިޝަސްއިން ދިވެހިރާއްޖެއާއިއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމައިފިއެވެ.
މޮރިޝަސް ސަރުކާރުގެ ކެބިނެޓުން މިއަދު އިއުލާނުކުރި ގޮތުގައި، ދިވެހިރާއްޖެއާ އެކު އޮތް ހުރިހާ ޚާރިޖީ ގުޅުންތަކެއް ވަގުތުން މެދުކަނޑާލުމަށް އެ ގައުމުން ވަނީ ނިންމާފައެވެ.
މި ނިންމުން ނިންމާފައިވަނީ ފޯޅަވަހި (ޗާގޯސް) އާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތައް އިތުރަށް ގޯސްވެ، މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅޭގޮތުން މޮރިޝަސްގެ ކެބިނެޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއާ އެކު އޮތް ގުޅުން ކަނޑާލަން ޖެހުނީ ދެ ގައުމުގެ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އައި ބަދަލުތަކުގެ ސަބަބުންނެވެ.
ޚާއްސަކޮށް، ކުރީގެ ސަރުކާރުން ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއަށް ފޮނުވި ސިޓީ މިހާރުގެ ސަރުކާރުން އަނބުރާ ގެންދިއުމާއި، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމަށް ބައިނަލްއަގުވާމީ ކޯޓުން ކޮށްފައިވާ ހުކުމް ގަބޫލުނުކުރާނެ ކަމަށް ރާއްޖެއިން ބުނަމުންދާ ދިއުމަކީ މި ނިންމުމުގެ މައިގަނޑު ސަބަބު ކަމަށް އެ ގައުމުން ފާހަގަކުރެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން "ގެއްލުނު" ބައި ހޯދުމަށް ގާނޫނީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
މޮރިޝަސްގެ މި ނިންމުމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މި ނިންމުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދީ ހަމަޖެހުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރި އަދި އެހެނިހެން ގުޅުންތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު