ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، 2023ގެ ރިޔާސީ ކެމްޕޭނުގައި ބޭނުންކުރި ހުސްގޮނޑިއާއި، ޕީޕީއެމްގެ ދުވަސް ދުއްވާލާފައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމިންގެ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ޑރ. ޖަމީލް މީސްމީޑިއާގައި ވިދާޅުވީ، ހަނދާންކޮށް ދިނުމަކީ މުއުމިނުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ގުރުއާނުގައި ވަޙީކުރެވިފައިވާ ކަމަށެވެ. އެގޮތުން ޕީޕީއެމް އިން ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ހުސްގޮނޑީގެ ހަނދާންތައް ޑރ. ޖަމީލް ވަނީ ހަނދާން އާކުރަށްވާފައެވެ.
"މި ފިކުރަށާ ރައީސް ޔާމީނަށް ތާއީދު ކުރާ އެންމެހާ ރައްޔިތުން ޑރ. މުއިއްޒު ފެންނަ ކޮންމެ ފަހަރަކު މިކަން ހަނދާން ކުރަައްވާތި." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ބަޔަކު މީހުން ހަދާން ނެތް ނަމަވެސް ސަރުކާރުން ވެރިކަމަށް އާދެވުނީ ހުސްގޮނޑީގެ ޖާދުލާ އެމަސްތުގައި ރައްޔިތުން ޖައްސައިގެން ކަމަށާއި އެއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތް ފަހުން އެމަނިކުފާނާއި ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން 25 އޭޕްރީލް 2024 ގައި ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ ހަރަކާތްތައް ނުހިންގާ އޮތުމަށް ފަހު ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމުމުން އީސީން ވަނީ 30 ޖަނަވަރީ 2025ގައި ޕީޕީއެމް އުވާލާފައެވެ.
ރައީސް މުޢިއްޒު މިހާރު ހިންގަވާ ޕީއެންސީއަކީ، ޕީޕީއެމްގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި 31 ޖެނުއަރީ 2019 ގައި ރައީސް ޔާމީން އުފެއްދެވި ޕާޓީއެކެވެ.

މި ހުސްގޮނޑިއާ ޕީޕީއެމްގެ ދުވަސް ދުއްވާލި މީހަކީ @MMuizzu . މި ފިކުރަށާ ރ. ޔާމީނަށް ތާއީދު ކުރާ އެންމެހާ ރައްޔިތުން މުއިއްޒު ފެންނަ ކޮންމެ ފަހަރަކު މިކަން ހަނދާން ކުރަައްވާތި.
— Mohamed Jameel Ahmed (@MJameelAhmed) February 26, 2026
ހަނދާންކޮށް ދިނުމަކީ މުއުމިނުންނަށް ފައިދާ ކުރާނެ ކަމެއް ކަމަށް ގުރުއާނުގައި ވަޙީކުރެވިފައިވޭ. pic.twitter.com/51wqfQ1S8a
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ބަޔަކު މީހުން ހަދާން ނެތް ނަމަވެސް ސަރުކާރުން ވެރިކަމަށް އާދެވުނީ ހުސްގޮނޑީގެ ޖާދުލާ އެމަސްތުގައި ރައްޔިތުން ޖައްސައިގެން ކަމަށާއި އެއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތް ފަހުން އެމަނިކުފާނާއި ހިޔާލު ތަފާތުވެ ރައީސް ޔާމީން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން 25 އޭޕްރީލް 2024 ގައި ޕީއެންއެފްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ ހަރަކާތްތައް ނުހިންގާ އޮތުމަށް ފަހު ޕީޕީއެމް އުވާލަން އެޕާޓީގެ ސެނެޓުން ނިންމުމުން އީސީން ވަނީ 30 ޖަނަވަރީ 2025ގައި ޕީޕީއެމް އުވާލާފައެވެ.
ރައީސް މުޢިއްޒު މިހާރު ހިންގަވާ ޕީއެންސީއަކީ، ޕީޕީއެމްގެ ބެކަޕް ޕާޓީއެއްގެ ގޮތުގައި 31 ޖެނުއަރީ 2019 ގައި ރައީސް ޔާމީން އުފެއްދެވި ޕާޓީއެކެވެ.
ކިޔުންތެރިންގެ ހިޔާލު