ދެ އިންތިޚާބު އެއްކޮށްލަނީ ރައްޔިރުންނަށް ލިބިފައިވާ ބާރު ކުޑަކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ މިހެން ވިދާޅުވެފައިވާއިރު، މައި ދެ އިންތިޚާބު އެއްކޮށްލުމަށް ނިންމަވައި، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެ ވޯޓު ނަންގަވަން ރައީސް މުއިއްޒު ގަރާރު ނެރުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. ރައީސް ވިދާޅުވީ މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ ފައިސާ ނިކަމެތި އާއިލާތަކުގެ ބޭނުންތަކަށް ހޭދަކުރެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ޢަލީ ހުސައިން ވިދާޅުވީ، ސަރުކާރުން ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން އުޅެނީ ޚަރަދު ކުޑަކުރުމަށް ނޫން ކަމަށެވެ. އަދި އެއީ ރައްޔިރުންނަށް ލިބިފައިވާ ބާރު ކުޑަކުރަން ކުރާ ކަމެއް ކަމަށް ޢަލީ ވިދާޅުވިއެވެ.
މައި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، އެކަމާ ދެކޮޅަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި އެމްޑީޕީގެ ލީޑަރޝިޕުން ވަނީ ތެދުވެފައެވެ.
އަދި ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދާން ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވޯޓު ބޭއްވުމުގެ އިދާރީ ތައްޔާރީތައް ވަމުންނެވެ.

ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ޚަރަދު ކުޑަކުރާކަށް ނޫން. އެއީ ރައްޔިރުންނަށް ލިބިފައިވާ ބާރު ކުޑަކުރަން ކުޜާ ކަމެއް.
— Ali Hussain (@AleeVoice) February 26, 2026
މައި ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، އެކަމާ ދެކޮޅަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި އެމްޑީޕީގެ ލީޑަރޝިޕުން ވަނީ ތެދުވެފައެވެ.
އަދި ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އެމްޑީޕީން ކޯޓަށް ދާން ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވޯޓު ބޭއްވުމުގެ އިދާރީ ތައްޔާރީތައް ވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު