ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ޗެއާޕާސަން ނަޝްވާ އަބްދުﷲ، މިއަދު މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އެފްޑީސީގެ ޗެއާޕާސަން ކަމުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ނަޝްވާ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ

ނަޝްވާ އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ޖަނަވަރީ 8، 2024ގައެވެ.

ނަޝްވާއަކީ ޕަބްލިކް ހައުސިން އަދި އިންފްރަސްޓްރަކްޗާގެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ އެކި މިނިސްޓްރީތަކުގެ އިތުރުން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު