އިމިގްރޭޝަން ކޮންޓްރޯލަރުކަމުން ވަކިކޮށްފައިވާ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ގަވާއިދާއި ހިލާފަށް އުޅުނު ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސް، އެ ބިދޭސީ ޝަމްއާނުގެ އަމުރަށް އިމިގްރޭޝަންގެ ބަންދުން ދޫކުރި މައްސަލާގައި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ ޝަމްއާންގެ މައްޗަށް ދައުލަތުން ވަނީ އުފުލާފައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ހެކިބަސް ދިން މީހަކު ބުނީ، މިމައްސަލާގައި ކުށަށް އިއުތިރާފްވެފައިވާ ލައްސާން ގެންގުޅުނު ކޮތަޅެއްގައި އޮތީ ސޭންޑްވިޗެއް ކަމަށެވެ. އެރޭ ލައްސާންއާއި އިބްރާހީމް އެ ގެއަށް ދިޔަ ނަމަވެސް، ބޮލުގައި ރިއްސާތީ ނިދާފައި އޮތުމުން ޝަމްއާންއާ އެމީހުން ބައްދަލުނުވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.
ނަމަވެސް ލައްސާން ކުރިން ބުނެފައިވަނީ އެ ކޮތަޅުގައި ހުރީ ފައިސާ ކަމަށާއި އެ ފައިސާ ޝަމްއާންއާ ހަވާލުކުރި ކަމަށެވެ. މީގެކުރިން އަހުމަދު ލައްސާން އަދި އިބްރާހީމް އަހުމަދު ވަނީ އެމީހުންނަށް ކޮށްފައިވާ ދައުވާތަކަށް އިއުތިރާފުވެފައެވެ.
ހަމައެއާއެކު ޝަމްއާންގެ ސްޓޫޑަންޓް ލޯން ދެއްކީ އޭނާގެ ބައްޕަ ދިން ފައިސާއިންކަން ސާބިތުކުރުމަށްޓަކައި ޝަމްއާންގެ އާއިލާގެ މެންބަރުންގެ ހެކިބަސްވެސް ކޯޓުން މިހާރު ވަނީ ނަގާފައެވެ. މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށްފަހު ޝަމްއާން ހުރީ ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލާފައެވެ.
ބިދޭސީއަކު ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މެދުވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ 2024، މާޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 9 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު