ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން ރާއްޖޭގެ ގައުމީ ސޯޝަލް ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައިގެ ޚިދުމަތް ދިނުމަށް ރަސްމީކޮށް އެއްބަސްވެ، ޕާޓްނަރޝިޕެއް އެކުލަވާލައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން، ކިންގްސް ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ދިވެހިންނަށް ފަރުވާ ހޯދުމުގެ މަގު މިވަނީ ހުޅުވިފައެވެ.
އާސަންދައިން ކިންގްސް ހޮސްޕިޓަލާއެކު މި އައު އެއްބަސްވުން އެކުލަވާލާފައި މިވަނީ، ސްރީލަންކާގެ މަޝްހޫރު ލަންކާ ހޮސްޕިޓަލަށް އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން، އެ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އާސަންދަ ކުންފުނިން ލަންކާ ހޮސްޕިޓަލަށް ގާތްގަނޑަކަށް 70 މިލިއަން ލަންކާ ރުފީސް ދައްކަން އެބައޮތެވެ. އެ ފައިސާ ދައްކާފައިނުވާތީ، ލަންކާ ހޮސްޕިޓަލުން ވަނީ އާސަންދައާއެކު އޮތް އެއްބަސްވުން އިތުރަށް އާނުކުރުމަށް ނިންމައި، ޚިދުމަތް ދިނުން ހުއްޓާލާފައެވެ.
ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމާ ގުޅިގެން ދިވެހިންނަށް ކުރިމަތިވި ދަތިތަކަށް، ކިންގްސް ހޮސްޕިޓަލާއެކު ވެވުނު މި އައު އެއްބަސްވުމުގެ ސަބަބުން ހައްލެއް ލިބި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު