މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް އަނިޔާ ވެއްޖެ އެވެ.

ޝަރީފްގެ ދަރިކަނބަލުން ކުރެއްވި ޓްވީޓެއްގައި ވަނީ، އެކްސިޑެންޓު ހިނގާފައި ވަނީ ޝަރީފް އޭނާގެ ސައިކަލުގައި މަގުމަތިން ވަޑައިގަންނަވަނިކޮށް ފަރުވާކުޑަކޮށް ދުއްވާފައި އައި ޓެކްސީއެއް ފަހަތުން ޝަރީފްގެ ސައިކަލުގައި ޖެއްސުމުން ކަމަށެވެ.

"މަގުމަތީގައި އެވަގުތު ތިބި މީހުން ވަގުތުން އެހީތެރިވި، އަހަރުމެން އެކަމަށް ޝުކުރުވެރިވަން." ޝަރީފްގެ ދަރިކަނބަލުން މިޒްނާގެ ޓްވީޓްގައި ވެއެވެ.



މިޒްނާ ވިދާޅުވީ ޝަރީފަށް ކޮންމެވެސް ވަރެއްގެ ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި، އަދި މިވަގުތު އޮންނެވީ ގޭގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން