ފޯޅަވަހީގެ މައްޗަށް ހައްގު އޮތް ބަޔަކު ތިބިނަމަ އެ ބަޔަކީ ދިވެހިން ކަމަށާއި އެތަނުގެ މިލްކުވެރިކަން އޮންނަންޖެހޭނީ ދިވެހިރާއްޖެއަށް ކަމަށް އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް ވިދާޅުވެއްޖެއެވެ.
ދާދި ފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ފަރާޖް ވިދާޅުވީ، ފޯޅަވަހީގެ ޖަޒީރާތަކާ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުން އެންމެ ބޮޑު ގުޅުމެއް އޮތީ ދިވެހިރާއްޖެއާ ކަމަށާއި، މޮރިޝަސްއަށް އެ ރަށްތަކުގެ މައްޗަށް ދައުވާ ކުރެވޭނެ އެއްވެސް ސައްހަ އުސޫލެއް ނެތް ކަމަށެވެ.
ނައިޖަލް ވިދާޅުވީ ފްރެންޗު ބަހުން އެ ރަށްތަކަށް ނަން ދިނުމުގެ ކުރިންވެސް އެއީ ދިވެހި ބަހާ ގުޅިފައިވާ، ވިޔަފާރީގެ ގޮތުންނާއި އާސާރީ ގޮތުން ރާއްޖެއާ ގުޅުންހުރި ތަންތަން ކަމަށެވެ.
ފަރާޖް ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސި ސަރުކާރުން ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖެއިން އޮތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
އަދި މި މައްސަލައިގައި ރާއްޖެއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ކައުންޓާ ކްލެއިމެއް ނުވަތަ ރައްދު ދައުވާއެއް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ހައްގު އޮތް ބަޔަކު ތިބިނަމަ އެ ބަޔަކީ ދިވެހިން ކަމަށެވެ.
މީގެ އިތުރުން، އިނގިރޭސި ސަރުކާރުން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ފަރާޖް ސިފަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މި ނިންމުމުގެ ސަބަބުން އިންޑިއާ އާއި ޗައިނާއާ ދެމެދު އޮތް ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ މިލްކުވެރިކަން ބަދަލުކުރުމުގެ މަރުހަލާ މަޑުޖައްސާލައި، އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އޭނާ އިނގިރޭސި ސަރުކާރަށް ގޮވާލެއްވިއެވެ.
ނައިޖަލް ފަރާޖް ރާއްޖެއަށް ވަޑައިގަތީ ފޯޅަވަހީގައި އަލުން ވަޒަންވެރިވާން މަސައްކަތްކުރާ ބަޔަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރި އުޅަނދެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ފްރެޝަރުކޮށްގެން އޭނާ އެ އުޅަނދަށް އެރުން ހުއްޓުވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އެހެންނަމަވެސް، އިނގިރޭސި ފޮރިން އޮފީހުން އެކަން ދޮގުކުރަމުން ބުނީ، އޭނާ އެ ސަރަހައްދަށް ވަނުން މަނާކުރީ އަސްކަރީ ގޮތުން ނާޒުކު ސަރަހައްދަކަށް ވާތީ، ބޭނުންވާ ހުއްދަތައް ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު