މާލޭގެ ބޮޑުތަކުރުފާނު މަގު، ބްރިޖް ޓްރެފިކް ލައިޓް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ، ފަރުވާދެމުން ދަނިކޮށް ނިޔާވީ އިމާދުއްދީން ސްކޫލްގައި އޯލެވެލް ހަދަމުންދިޔަ ދަރިވަރެއްކަން ހާމަވެއްޖެއެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޕޭމަންޓް މައްޗަށް އަރައި ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ބ. ދަރަވަންދޫ، ހިޔަލީ ގުލްޝަން، މުހައްމަދު ނިހާން ނާޡިމް (16އ) އެވެ.
ނިހާން ނިޔާވުމާ ގުޅިގެން އިމާދުއްދީން ސްކޫލުން ވަނީ މީސްމީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ. އެ ސްކޫލުން ބުނި ގޮތުގައި ނިހާންއަކީ ގްރޭޑް 10 ބީ-2 ގައި އުނގެނުމަށްފަހު، މިއަހަރު އެ ސްކޫލުން އޯލެވެލް އިމްތިހާނު ފުރިހަމަކުރަމުންދިޔަ ދަރިވަރެކެވެ. ސްކޫލްގެ މެނޭޖްމަންޓާއި، ބެލެނިވެރިން އަދި ދަރިވަރުންގެ ނަމުގައި ވަނީ މަރްޙޫމުގެ އާއިލާއަށް ވަރަށް އިޚްލާޞްތެރި ތަޢުޒިޔާއެއް ފޮނުވާފައެވެ.
"ކަށުނަމާދު" ޕޭޖުން މައުލޫމާތު ދީފައިވާ ގޮތުގައި، ނިހާންގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. އަދި ޖަނާޒާގެ ކަންތައްތައްވެސް ކުރިއަށްދާނީ އަސުރު ނަމާދަށްފަހު އާސަހަރާގައެވެ. މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު