މި އަހަރުގެ ރަމަޟާން މަހުގެ މެދުތެރެއިން ފުރިހަމަ ހަނދުކޭތައެއް ފެންނާނެ ކަމަށާއި، މި ރޯދަ މަސް 30 ދުވަހަށް ދެމިގެންދާނެ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ރިޕޯޓްކޮށްފިއެވެ. އަންނަ މާޗް މަހުގެ ތިންވަނަ ދުވަހު ހިފާ މި ކޭތައަކީ މިއަހަރު ފެންނާނެ ފުރަތަމަ ހަނދުކޭތައެވެ.
މި ހަނދުކޭތަ ދުނިޔޭގެ ބައެއް ބިތްތަކަށް، ހާއްސަކޮށް އުތުރު އެމެރިކާ، އޯޝަނިއާ، އީސްޓް އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ވަރަށް ފުރިހަމައަށް ފެންނާނެއެވެ.
މި ސަރަހައްދުތަކަށް ހަނދު ފެންނާނީ ރަތް ކުލައިގެ "ބްލަޑް މޫން" އެއްގެ ގޮތުގައެވެ. ނަމަވެސް، ރާއްޖެއަށް މި ކޭތަ ފެންނާނީ ހަނދު އަރާ ވަގުތު ވަރަށް ފަނޑު "ޕެނަމްބްރަލް" ކޭތައެއްގެ ގޮތުގައެވެ. އެއީ އެ ދުވަހުގެ އިރުއޮއްސި 6:21 އިން ފެށިގެން 7:23 އާ ހަމައަށެވެ.
ކަލަންޑަރާއި ފަލަކީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ރަމަޟާން މަސް 30 ދުވަހަށް ފުރިހަމަވާނެ ކަމަށް ބޮޑަށް ބެލެވެއެވެ.
ރޯދަ މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ އިރު އޮއްސުމުގެ ކުރިން ރާއްޖެއަށާއި ސައޫދީ އަރަބިއްޔާއަށް ހަނދު އޮއްސޭނެތީ، އެ ރޭ ހަނދު ފެނުމުގެ ފުރުސަތެއް ނެތެވެ. ޝައްވާލު މަހުގެ ހަނދު އުފަންވާނީ އޭގެ އަނެއް ދުވަހުގެ ހެނދުނު ކަމަށްވާތީ، މިއަހަރުގެ ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ އޭޕްރީލް މަހުގެ 18 ވާ ހުކުރު ދުވަހަށެވެ.
މި ރޯދަ މަސް ފެށުނީ ވެސް ދުނިޔޭގެ ބައެއް ހިސާބުތަކަށް ފެނުނު އިރުކޭތައަކުން ކަމަށްވާއިރު، މަހުގެ މެދުތެރެއިން ހަނދުކޭތައެއް ފެނުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ރޯދަ މަހުގެ 15 ވިލޭރޭ ހަނދު ފުރިހަމަވެ ކޭތަ ހިފުމަކީ، ރޯދަ މަސް ފެށުނު ދުވަހާ މެދު އުފެދިދާނެ ސުވާލުތަކަށް ލިބޭ ފަލަކީ ޖަވާބެކެވެ.

ކިޔުންތެރިންގެ ހިޔާލު