އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބީ ހޯދުން ފިޔަވައި އެހެން އެއްވެސް އިޚްތިޔާރެއް އެ ޤައުމަށް ނެތް ކަމަށެވެ.
އދ. ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ، ޣައްޒާގައި އިސްރާއީލުން ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެއީ ޤަރުނުގެ ބޮޑު ދޮގެއް ކަމަށް ސިފަކޮށްފައެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައެއް ވެރިންނަށާއި އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިސްރާއީލުގެ އަނިޔާވެރި ޢަސްކަރީ ޙަމަލާތައް ދިފާޢުކުރެއްވުމަށް އޭނާ މަސައްކަތް ކުރެއްވިއެވެ.
އީރާނާ ދެކޮޅަށް ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަތަންޔާހޫ ބުނީ، އީރާނަށް ޙަމަލާދިނުމަކީ އޭނާ މިހާތަނަށް ނިންމެވި އެންމެ ފަސޭހަ އެއް ނިންމެވުން ކަމަށެވެ. އަދި އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމުގައި ފަސްނުޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
އޭނާގެ ތަޤުރީރު ނިންމަވާލައްވަމުންވެސް ތަކުރާރުކޮށް ވިދާޅުވީ، އިސްރާއީލުގެ މުސްތަޤުބަލާއި ދެމިއޮތުމަށްޓަކައި މި ހަނގުރާމަ ކާމިޔާބުކުރުން ނޫން އެހެން އެއްވެސް މަގެއް އެ ޤައުމަށް ނެތް ކަމަށެވެ.
ނަމަވެސް، ނަތަންޔާހޫގެ މި ތަޤުރީރާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ވަކިން ޚާއްޞަކޮށް، އދ. ގެ ޖަލްސާގެ ތެރެއިން އެތައް ޤައުމެއްގެ މަންދޫބުން ވަނީ ނަތަންޔާހޫ ވާހަކަދައްކަވަން ފެއްޓެވުމާއެކު އިހުތިޖާޖުކުރުމުގެ ގޮތުން މާލަމް ދޫކުރައްވައި ނިކުމެވަޑައިގެންފައެވެ. މިއީ ފަލަސްޠީނުގެ ކުށެއްނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯނުލަނބާ މައްސަލައިގައި ދުނިޔޭގެ ނުރުހުން އޮތް މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.
ޣައްޒާގެ ކުށެއްނެތް އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ޝަހީދުކޮށް، މުޅި ސަރަޙައްދު ސުންނާފަތި ކުރަމުންދާއިރުވެސް، ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދާ ގޮވާލުންތަކަށް އިސްރާއީލުން ދަނީ ބީރުކަންފަތެއް ދެމުންނެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅައި، މުޅި ޣައްޒާ ބަނޑަށްޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކާއެކު، އިސްރާއީލުގެ މި ޢަމަލުތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ދަނީ ކެނޑިނޭޅި ކުށްވެރިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު