އަނިޔާވެެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ކަށަވަރު ކުރުމަށް ދަޢުލަތުން ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އެކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އަދުހަމަށް މަރުގެ އަދަބު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 16 އޭޕްރީލް 2023 ގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަރުގެ ޙުކުމް ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށަހެޅީ 2024 މާޗު މަހު 5ގައެވެ. ގާނޫނު ބުނާ ގޮތުން މަރުގެ އަދަބުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރުމަށް ފަހުއެވެ. ދަށު ކޯޓުން ކުރާ އެފަދަ ހުކުމެއް، ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ކަށަވަރު ކުރުމަށް ގާނޫނުން ލާޒިމުކޮށްފައިވެ އެވެ.
ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާއަށް އަދުހަމް އިއުތިރާފްވެފައިވީ ނަމަވެސް، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި މަސްތުގެ ހާލުގައި ހުރެގެން ކަމަށެވެ.
މިއަދުގެ އިސްތިއުނާފީ އަޑުއެހުމުގައި، ދަޢުލަތުގެ ވަކީލް ވިދާޅުވީ، އަދުހަމްގެ ފަރާތުން ޤާސިމްގެ އާއިލާއަށް ގުޅަން މަސައްކަތް ކުރި ކަމަށާއި، އާއިލާއިން އެކަމަށް އިންކާރުކޮށް އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ބުނެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފަނޑިޔާރު މިއަދު ވަނީ އާއިލާއަށް ނުގުޅުމަށް އަދުހަމަށް އިރުޝާދު ދެއްވާފައެވެ.
"ތިޔަބޭފުޅުންގެ ފަރާތުން އެއްވެސް ގޮތަކަށް ގުޅުއްވައިގެން ނުވާނެ." ފަނޑިޔާރު ދީބަނާޒް ވިދާޅުވިއެވެ.
މިއަދުގެ މަޖިލީހުގައި އަދުހަމް ކުށަށް އިއުތިރާފުވި ނަމަވެސް، ދައުލަތުގެ ނުކުތާތަކަށް ވަކިވަކިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ފަނޑިޔާރު ކަނޑައެޅުއްވިއެވެ. އަދި އެކަމަށް ތައްޔާރުވާން އަދުހަމަށް ފުރުސަތު ދީ މައްސަލަ ވަނީ ފަސްކޮށްފައެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އަދުހަމަށް މަރުގެ ޙުކުމް އިއްވަވަމުން ޤާޟީ އަލީ ނަދީމް ވިދާޅުވީ ޤާސިމް މަރާލީ އެޢަމަލު ހިންގުމުގެ ޤަސްދު އޮވެގެން އެނިޔަތުގައި ނޫންކަމަށް އަދުހަމް ބުނި ނަމަވެސް ޤާސިމްގެ ކަރަށް ވަޅިހަރާފައިވަނީ އަދުހަމްގެ އަތުންކަން އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި އަދުހަމް މަސްތުވެފައިވަނީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އަދި މަސްތުވުމަށްފަހު އޭނާގެ ޢަމަލުތައްހުރީ އޭނާކުރި ޢަމަލުގެ ނަތީޖާ ދެނެނުގަނެވޭނެ ޙާލަތުގައި ނޫންކަން ޤާޟީ ފާހަގަ ކުރަށްވާފައިވެއެވެ.
އެގޮތުން ޤާސިމް އެހީއަށް އެދުމުން އެތަނުން ފިލައިގެން އަދުހަމް ގޮސްފައިވާ ކަމަށާއި ހެކި ނައްތާލުމަށް މަސައްކަތް ކޮށްފައިވާކަން ޤާޟީ ފާހަގަކުރެއްވިއެވެ. އެހެންކަމުން ޤާސިމްގެ ވާރިސުން އެދިފައިވާ ގޮތަށް އަދުހަމް ކުރިކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ މެރުމަށް ޤާޟީ ވަނީ ޙުކުމް ކުރަށްވާފައެވެ.
މި މައްސަލާގައި ޤާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ އަދުހަމްގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ހަމައެއާއެކު އަދުހަމްވަނީ ވާރިސުންގެ ކިބައިން މާފަށް އެދި އެއީ ޤާސިމަށްވީތީ ޤާސިމް މަރާލަން ކުރިކަމެއް ނޫންކަމަށް ބުނެފައެވެ. އަދި ކުށް ކުރެވިފައިވަނީ އަމިއްލަ އިޚްތިޔާރުން ބޭރުގައިކަމަށް އަދުހަމް ވަނީ ބުނެފައެވެ.
ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު