އެންމެ ފުރަތަމަ އަހަރެންގެ ތައާރަފަކުން ފަށަމާ ހިނގާށެވެ. އަހަރެންގެ ނަމަކީ 'ޑެތު' އެވެ. އަހަރެންގެ އުމުރަކީ ސާޅީސް އަހަރެވެ. ސިއްހަތު ރަނގަޅެވެ. ދުވަހަކުވެސް ބޮޑު ބައްޔެއްގައި އުޅޭކަށް ނުޖެހެއެވެ. އަހަންނަކީ ފަންނުވެރިއެކެވެ. ކުރެހުންތެރިއެކެވެ. މާ ބޮޑު ކާމިޔާބީތަކެއް ލިބިފައި ނުވިޔަސް، އަހަރެން ކުރާ 'ބްލެކް އެންޑް ވައިޓް' މަސައްކަތުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދޭވަރަށް ފައިސާ ލިބެއެވެ. އަހަރެންގެ ހުރި ހަމައެކަނި ގާތް ތިމާގެ މީހަކީ ކޮއްކޮއެކެވެ. ނަމަވެސް މީގެ ފަސް އަހަރު ކުރިން އޭނާ ވަނީ ނިޔާވެފައެވެ. އެހެންކަމުން އަހަންނަކީ މިނިވަންކަމާއެކު އެކަނި ދިރިއުޅޭ މީހެކެވެ.
މިއަދު ހެނދުނު އަހަރެން ނާސްތާ ކުރީ ނުވައެއް ޖެހިިއިރުއެވެ. ހެނދުނުގެ ނޫސް ކިޔާލުމަށްފަހު، ސުއްޓާއެއް ރޯކޮށްލައިގެން އިނދެ، ކުރަހާނެ މައުޟޫއަކާ މެދު ފުންކޮށް ވިސްނަން ފެށީމެވެ. ކޮޓަރީގެ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވާފައި ހުރި ނަމަވެސް، އޮތީ އާދަޔާޚިލާފު ގަދަ ހޫނެކެވެ. އެވަގުތު އަހަރެންގެ ހިތަށް އެރީ މި ހޫނުން ސަލާމަތްވުމަށް އެންމެ ރަނގަޅު ތަނަކީ ކައިރީގައި އޮތް ފަތާ ފެންގަނޑު ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ސިކުނޑިއަށް ޚިޔާލެއް އައެވެ.
އަހަރެން ކުރަހަން ފެށީމެވެ. ކުރެހުމަށް ދެވުނު ސަމާލުކަމެއްގެ ބޮޑުކަމުން މެންދުރުގެ ކެއުމުގެ މަތިންވެސް ހަނދާން ނެތުނެވެ. މަސައްކަތް ހުއްޓާލެވުނީ ހުކުރު މިސްކިތުން ޢަސްރު ނަމާދުގެ ބަންގީގެ އަޑު އިވުމުންނެވެ. އަވަސް އަވަހަށް ކުރެހި އެ ކުރެހުމުގެ ނަތީޖާ ފެނިފައި، އެއީ އަހަންނަށް މިހާތަނަށް ކުރެވުނު އެންމެ ފުރިހަމަ މަސައްކަތް ކަމުގެ އިހުސާސް ކުރެވުނެވެ.
އެ ކުރެހުމުން ފެންނަނީ ފަނޑިޔާރު ހުކުމް އިއްވި ވަގުތު، ކުށްވެރިން ބައިތިއްބާ ގޮޅީގައި ހުރި މީހެކެވެ. އެއީ އާދަޔާޚިލާފަށް ފަލަ މީހެކެވެ. އޭނާގެ ދަތްދޮޅިދަށުން މަސްތައް ހުރީ އެލިފައެވެ. ކަރުގެ މަސްތައް ހުރީ ރޮނގު ރޮނގަށް އެނބުރިފައެވެ. އޭނާ ހުރީ ތުނބުޅި ބާލާފައެވެ. (ނުވަތަ މީގެ ދެތިން ދުވަސް ކުރިން ބާލާފައި ހުރި ކަހަލައެވެ.) އޭނާގެ ބޮލުގައި އިސްތައްޓެއް ނެތެވެ. އޭނާ ހުރީ ލަކުޑި ފެންސްގައި ހިފަހައްޓައިގެން ކުރިމައްޗަށް ބަލާށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުވެރިކަމަށްވުރެ ބޮޑަށް، މުޅިން މާޔޫސްވެ، ހިތް ހަލާކުވެފައިވާ ފަދަ އަސަރެކެވެ. އެހާ ބޮޑު ހަށިގަނޑެއް ކޮޅަށް ބެހެއްޓުމުގެ ހަކަތަވެސް އެ މީހާގެ ކިބައިގައި ނެތް ކަހަލައެވެ.
ކީއްވެގެން ކަމެއް ނޭނގެއެވެ. އަހަރެން އެ ކުރެހުން އޮޅާލުމަށްފަހު، ޖީބަށް ލީމެވެ. މޮޅު މަސައްކަތެއް ކުރެވުމުން ލިބޭ އުފާވެރިކަމާއެކު ކުރަހަން ގެންގުޅުނު އެހެން އާލާތްތައް ވަތްގަނޑަށް ލީމެވެ. އެއަށްފަހު ގެއިން ބޭރަށް ނުކުތީމެވެ. ހަނދާންވާ ގޮތުން އަހަރެން ގެއިން ނުކުތީ އެކުވެރި ޝިޔާމްބެ އާއި ބައްދަލު ކުރުމުގެ ނިޔަތުގައެވެ. މިރިހި މަގުން ހިނގާފައި ގޮސް، ރިނދަލި މަގަށް އެޅުނު ހަނދާންވެއެވެ. އޭރު އެތަނުގައި މުނިސިޕަލް ސަރވިސްގެ މީހުން ދިޔައީ ކަފިހި ހުރަސްތަކެއް ކުރެހުމުގެ މަސައްކަތް ކުރަމުންނެވެ.
އޭގެ ފަހުން އަހަރެން ދިޔަ ތަނެއްގެ މާ ބޮޑު ހަނދާނެއް ނެތެވެ. ސިކުނޑީގައި ހަރުލާފައިވަނީ ހަމައެކަނި މަގަށް ވެރިވެފައިވާ ގަދަ ހޫނެވެ. އަވީގެ ތޫނުކަމުން މުޅި މާހައުލު އޮތީ ދިއްލިފައެވެ. މަގުމަތިން ހިނގަމުން ދިޔަ އިރު، ކައިރީގައި ހުރި ގޯއްޗެއްގެ ތެރެއިން އުފާވެރި މިއުޒިކެއްގެ އަޑާއި، މަރުތޭލަކުން އެއްޗެއްގައި ޖަހާ އަޑު އިވެމުން ދިޔައެވެ.
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އަހަރެން އެ ގޯތި ތެރެއަށް ވަނީމެވެ. އެތަނުގައި މީހަކު އިށީީނދެގެން އިނީ އަހަންނަށް ފުރަގަސްދީގެންނެވެ. އޭނާ ވަނީ އާދަޔާ ހިލާފު ކުރެހުންތަކެއް ހުރި މަހާނަ ގަލެއްގެ މަސައްކަތުގައި ވަރަށް ބޮޑަށް މަޝްއޫލުވެފައެވެ. އަހަރެންގެ ފިޔަވަޅުގެ އަޑު އިވުމުން އޭނާ އެނބުރި ބަލައިލިއެވެ. އެވަގުތު އަހަރެންގެ ދެފައިތިލައިގެ ލޭގެ ހިނގުން ގަނޑުވި ކަހަލައެވެ. އެއީ ހަމަ އަހަރެން ދެންމެ ކުރަހަމުން ދިޔަ މީހާއެވެ. އޭނާގެ ސޫރަ އޮތީ ހަމަ އެވަގުތުވެސް އަހަރެންގެ ޖީބުގައި އޮތް ކަރުދާސްގަނޑުގައެވެ.
އޭނާ އެތަނުގައި އިށީީނދެގެން އިނީ ބިޔަ އެތެއް ފަދައިންނެވެ. އޭނާގެ ބޯމަތިން ދާތިކިތައް ފައިބަމުން ދިޔައިރު، ރަތް ފަށުވި ފޮތިގަނޑަކުން އެ ދާތައް ފޮހެމުން ދިޔައެވެ. އޭނާގެ މޫނުމަތީގެ ސިފަ އަހަރެން ކުރެހި މީހާޔާ އެއްގޮތް ނަމަވެސް، މޫނުމަތީގެ އަސަރުތައް މުޅިން ތަފާތެވެ. އޭނާ އަހަންނަށް މަރުހަބާ ކީ ވަރަށް ގާތް ރަހުމަތްތެރިއަކު ފަދައިން ހިނިތުންވުމާއެކުގައެވެ. އަދި އަހަރެންގެ އަތުގައި ހިފާ ސަލާމް ކުރިއެވެ.
ނުބުނެ އެތަނަށް ވަދެވުނީތީ އަހަރެން މައާފަށް އެދުނީމެވެ. "ބޭރުގައި ވަރަށް ހޫނުގަދަވެފައި އަވިގަދަ. މިތަން ހީވަނީ ފެހިކަން ގަދަ މެހެފިލެއްހެން." އަހަރެން ބުނީމެވެ. "ހޫނުގަދަކަން ތިއީ ތެދެއް، ނަރަކައެއްހާ ހޫނުގަދަ. އިށީީނދޭ." އޭނާ އިޝާރާތް ކުރީ އޭނާ މަސައްކަތް ކުރަމުން ދިޔަ މަހާނަގަލުގެ ކޮޅަށެވެ. އަހަރެން އެތަނުގައި އިށީީނދެލީމެވެ. "މީ ވަރަށް ރީތި ގަލެއް،" އަހަރެން ބުނީމެވެ. އޭނާ ބޯ ހޫރާލިއެވެ. "އެއްގޮތަކުން ބަލާއިރު ތިޔައީ ތެދެއް. މީގެ މަތީ ފަށަލަ މިއީ ކޮންމެ މީހަކުވެސް ބޭނުންވާނެ ފަދަ ރީތިކަމެއް. އެކަމަކު މިކަހަލަ ގަލެއްގެ މަސައްކަތް ދުވަހަކުވެސް ހިތްހަމަޖެހިގެން ނުކުރެވޭނެ. މިކަހަލަ ހޫނު މޫސުމެއްގައި މީގައި އެއްވެސް މައްސަލައެއް ނުޖެހި އޮވެދާނެ. އެކަމަކު މީގެ ބަލިކަށި ތަންތަން ދެނެގަތުމުގައި ފިނީގެ ނުފޫޒަށްވުރެ ވަރުގަދަ އެއްޗެއް ނޯންނާނެ."
އޭނާ އެކި ބާވަތުގެ ވާހަކަ ދެއްކިއެވެ. އަހަރެން މާގިނަ ވާހަކައެއް ނުދައްކަމެވެ. އަހަރެން ހުރީ ޖެހިލުންވެ ބިރުގަނެފައެވެ. މި މީހާއާ ބައްދަލުވުމަކީ ސިކުނޑިއަށް ނުކުޅަދާނަ، އާދަޔާ ޚިލާފު ކަމެކެވެ. މީގެކުރިން އަހަންނަށް އޭނާ ފެނިފައި ހުރީބާވައޭ ހިތަށް އެރިއެވެ. ނަމަވެސް އެއީ އަމިއްލަ ނަފްސަށް އޮޅުވާލާ އޮޅުވާލުމެއްކަން އަހަންނަށް އެނގެއެވެ. އޭނާގެ މަސައްކަތް ނިންމާލުމަށްފަހު، ބިމަށް ކުޅެއްޖަހާފައި، ހިތްހަމަޖެހުމުގެ ނޭވާއަކާއެކު ތެދުވިއެވެ. "އެ ނިމުނީ!" އޭނާ ފަޚުރުވެރިކަމާއެކު ބުންޏެވެ.
އަހަރެން ފުރަތަމަ ފަހަރަށް އެ ގަލުގައި ލިޔެފައިވާ ލިޔުން ކިޔާލީމެވެ. އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންގެ ކުރިމަތީގައި އޮތް މަހާނަގަލުގައި ކަނޑައި ނަގާފައިވާ އިބާރާތްތަކުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެ ގަލުގައި ލިޔެފައިވަނީ "އެކުވެރި ޑެތުގެ ހަނދާނުގައި. އުފަންވީ ޖެނުއަރީ 18، 1988 ގައެވެ. އޭނާ ކުއްލި ގޮތަކަށް ނިޔާވީ އޮގަސްޓް 21، 20__ ގައެވެ." އޭގެ ތިރީގައިވަނީ "ދިރިތިއްބަސް އަހަރެމެން މިވަނީ މަރުގެ ތެރޭގައެވެ." މިފަދައިންނެވެ.
އަހަރެން މި ގޮތްނޭނގޭ މީހާއާއި ސުވާލުކުރީމެވެ. "މި ނަން ކަލެއަށް ފެނުނީ ކޮންތާކުން؟" "އަހަރެން އެއްވެސް ތަނަކުން އެ ނަން ނުދެކެން." އޭނާ ވަރަށް އާދައިގެ ގޮތަކަށް ޖަވާބުދިނެވެ. "އަހަރެން ބޭނުންވީ ކޮންމެވެސް ނަމެއް ޖަހާލަން. ދެން ސިކުނޑިއަށް ފުރަތަމަ އައި ނަން ލިޔެލީ. ކީއްވެ ތިހެން ތިއެހީ؟" "މިއީ ވަރަށް އާދަޔާޚިލާފު އިއްތިފާގެއް. އެއީ އަހަރެންގެ ނަން." އަހަރެން ބުނީމެވެ.
"ދެން ތާރީޚުތަކޯ؟" އޭނާ ހައިރާންވެފައި މަޑުމަޑުން ފުމޭ އަޑެއް ލައްވާލަމުން ސުވާލު ކުރިއެވެ. "އަހަރެންނަށް ޔަގީންކަމާއެކު ބުނަން އެނގެނީ އޭގެ ތެރެއިން އެއް ތާރީޚު. އެއީ އަހަރެން އުފަންވި ތާރީޚު. އެއީ ސައްހަ ތާރީޚެއް،" އަހަރެން ބުނީމެވެ. އޭނާ ބުންޏެވެ. "މިއީ ވަރަށް ބޮޑު އިއްތިފާޤެއް!"
ނަމަވެސް އޭނާއަށްވުރެ ބޮޑަށް މިކަމުގެ ނުރައްކާތެރިކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެންގެ ޖީބުން ކުރެހުމެއް ނަގައި އޭނާއަށް ދެއްކީމެވެ. އެއީ އެދުވަހު އަހަރެންގެ ފިހިތަކުން މަންޒަރުކުރި ކުރެހުމެކެވެ. އެ ކުރެހުމަށް ބަލަހައްޓައިގެން ހުރި ވަރަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އޭނާވީ އަހަރެން ކުރެހި މީހާއާ ދާދި އެއްގޮތް މީހަކަށެވެ. "އިއްޔެ ނޫން ކުރީދުވަހު އަހަރެން މާރިއާ ގާތު ބުނިން ފުރޭތައެއް ނުވަތަ ރޫހާނީ ކަންތައްތަކަކީ ހަގީގަތެއް ނޫނޭ." އޭނާ ޗޮކެއް ކަނޑާލަމުން ބުންޏެވެ.
އަހަރެމެން ދެމީހުން ކުރެ މީހަކަށް ފުރޭތައެއް ނުފެނެއެވެ. ނަމަވެސް އޭނާ އެ ބުނި އެއްޗެއްގެ މާނަ އަހަރެންނަށް ވިސްނުނެވެ. އަހަރެން ބުނީމެވެ. "ކަލެއަށް އަހަރެންގެ ނަން ކޮންމެވެސް ތަނަކުން އިވިފައި އޮތީ ކަމަށް ވެދާނެ." "އަދި ކަލެއަށް ވެސް އަހަރެން ކޮންމެވެސް ތަނަކުން ފެނިފައި ހަނދާން ނެތުނީ ކަމަށް ވެދާނެ. މިދިޔަ ޖުލައި މަހު ބޮޑު އެއްވުމަށް ދިޔައިންތަ؟" އޭނާ އެހިއެވެ. އަހަރެން ދުވަހަކުވެސް އެކަހަލަ ތަނަކަށް ނުދަމެވެ. އަހަރެމެން ދެމީހުން ބަހެއް ނުބުނެ ގިނައިރުތަކެއް ވަންދެން ތިބީމެވެ. އަހަރެމެން ދެމީހުންގެ ލޯ ހުއްޓިފައި ހުރީ އެއް ދިމާލަކަށެވެ. މަހާނަގަލުގައިވާ ދެ ތާރީޚަށެވެ. އޭގެ ތެރެއިން އެއް ތާރީޚަކީ ސައްހަ ތާރީޚެކެވެ.
"އެތެރެއަށް ހިނގާ ކާން،" އޭނާ ބުންޏެވެ. އޭނާގެ އަނބިމީހާއަކީ ވަރަށް ހިތްހެޔޮ، އުފާވެރި އަންހެނެކެވެ. އޭނާ އަހަރެން ތައާރަފުކޮށްދިނީ އޭނާގެ ރަހުމަތްތެރި ކުރެހުންތެރިއެއްގެ ގޮތުގައެވެ. "މިހެން އެހީތީ މައާފުކުރޭ. އެކަމަކު ކަލޭގެ މައްޗަށް ދައުވާއެއް ކުރެވިދާނެ ފަދަ ކަމެއް ދުވަހަކުވެސް ކުރިންތަ؟" އަހަރެން އެހީމެވެ. އޭނާ ބޯ ހޫރާލިއެވެ. "އަހަރެންނަކީ ބަނގުރޫޓުވެފައިވާ މީހެއް ނޫން. ވިޔަފާރިވެސް ހިނގަނީ ރަނގަޅަށް." އޭނާ އިތުރުކޮށްލިއެވެ.
އޭނާ ތެދުވެގެން ގޮސް މާގަސްތަކަށް ފެންދޭން ފެށިއެވެ. "މިހާ ހޫނުގަދަ ދުވަސްވަރު ދުވާލަކު ދެފަހަރު ފެންދޭންޖެހޭ. ނޫނީ ގަސްތައް މަރުވެދާނެ. ކަލޭ އުޅެނީ ކޮންތާކު؟" އަހަރެން އުޅޭ އެޑްރެސް ބުނީމެވެ. އެއީ ހިނގާފައި ދާނަމަ ގަޑިއެއްހާއިރުގެ މަގެކެވެ. "މިކަމާ މެދު ވިސްނާލަމާ." އޭނާ ބުންޏެވެ. "މިރޭ ކަލޭ ގެއަށް ދަނިކޮށް އެކްސިޑެންޓެއް ހިނގައިފާނެ. ދުއްވާއެއްޗެއްގެ ދަށުވެދާނެ. ނޫނީ ކެޔޮތޮށިގަނޑަކަށް އެރި ކަހާލައިގެން ވެއްޓިދާނެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ބާރަ ޖަހަންދެން މިތާ މަޑުކުރުން. މައްޗަށް ގޮސް ދަޅެއް ބޯލަމާ. އެތެރެ މާ ފިނިވާނެ."
އަހަރެން ހައިރާންވި ނަމަވެސް އެކަމަށް އެއްބަސްވީމެވެ. މިހާރު އަހަރެމެން މިތިބީ އޭނާ މަސައްކަތު ސާމާނު ރައްކާކުރާ ކުޑަ ކޮޓަރިއެއްގައެވެ. އޭނާގެ އަނބިމީހާ ނިދަން ފޮނުވާލައިފިއެވެ. އޭނާ އިނީ ދަޅެއް ބޮމުން، އޭނާގެ ބައެއް މަސައްކަތު އާލާތްތައް ތޫނުކުރާށެވެ. ކައިރީގައި ހުރީ އޭނާ ލާޖަހަން ފަށާފައިވާ ރާޒުވާ ބޯޑެވެ. ވައިގެ ތެރޭގައިވަނީ ގުގުރާ އަޑާއި ކޮޅިގަނޑެއްގެ އަސަރެވެ. އަހަރެން މިއިނީ ހަލާކުވެފައިވާ ކުޑަ މޭޒެއްގެ ދޮށުގައި މިވާހަކަ ލިޔާށެވެ. މިހާރު އެގާރަ ޖަހައިފިއެވެ. ގަޑިއެއްހާއިރު ތެރޭގައި އަހަރެން މިތަނުން ދާނަމެވެ. ނަމަވެސް އޭނާ އަދިވެސް އިނީ އޭނާގެ އަތުގައި އޮތް ވަޑާންކަށި ތޫނުކުރާށެވެ. އެ އަޑު އަހަރެންގެ ކަންފަތަށް އިވެމުންދަނީ ބިރުވެރި މިއުޒިކެއް ފަދައިންނެވެ.
-ނިމުނީ-

ކިޔުންތެރިންގެ ހިޔާލު