ވޭތުވެދިޔަ 2,500 އަހަރުގެ ތާރީޚުގައިވެސް ކަނޑުގެ ލޮނުގަނޑު އުފުލިފައި ނުވާހާ ބާރުމިނެއްގައި، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މިހާރު ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު އުފުލެމުންދާކަން ނާސާގެ އައު ދިރާސާއަކުން ހާމަކޮށްފިއެވެ.
ނާސާގެ ސައިންޓިފިކް ވިޝުއަލައިޒޭޝަން ސްޓޫޑިއޯއިން ތައްޔާރުކޮށްފައިވާ މި އެނިމޭޝަނަކީ، ބޯޓެއްގެ ކުޑަދޮރުން (ޕޯޓްހޯލް) ބަލާއިރު ފެންނާނެ މަންޒަރުތަކެއް ސިފަކޮށްދޭ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރު ވަރަށް ސާފުކޮށް ފެންނަ ވިޝުއަލައިޒޭޝަނެކެވެ.
މި ދިރާސާގައި ބަލާފައިވަނީ 1993 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ކަނޑުގެ ލޮނުގަނޑަށް އައިސްފައިވާ ބަދަލުތަކަށެވެ.
ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އެވްރެޖްކޮށް 9.85 ސެންޓިމީޓަރު (ގާތްގަނޑަކަށް 3.8 އިންޗި) ވަނީ އުފުލިފައެވެ.
ނާސާގެ ސައިންސްވެރިން ފާހަގަކުރާ ގޮތުގައި، މި އަދަދުތަކަކީ ފެންނަ ފެނުމަށް ކުޑަ މިންވަރެއް ކަމަށް ހީވި ނަމަވެސް، މިއީ ފާއިތުވި 25 ގަރުނުގެ ތެރޭގައިވެސް މިފަދަ ބާރުމިނެއްގައި ކަނޑުގެ ލޮނުގަނޑު އުފުލުނު ފުރަތަމަ ފަހަރެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ހަމަޖެހުމަށް އައިސްފައިވާ ވަރަށް ބޮޑު އަދި ނުރައްކާތެރި ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު