ފަލަކީ އިލްމުވެރިން ވަނީ ކޮންމެ 22 މިނެޓަކުން ދުނިޔެއަށް ރޭޑިއޯ ސިގްނަލް ފޮނުވަމުންދާ އާދަޔާ ހިލާފު ޖިސްމެއް ފަޒާގެ ތެރެއިން ހޯދާފައެވެ.
ގާތްގަނޑަކަށް 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި މި ސިގްނަލްތައް ދުނިޔެއަށް އަންނަމުންދާކަން ސައިންސްވެރިންނަށް މިހާރު ވަނީ ކަށަވަރުވެފައެވެ. މިއީ މީގެ ކުރިން ފަޒާގެ ތެރެއިން ފެނިފައިވާ އެހެން އެއްވެސް އެއްޗަކާ އެއްގޮތް ކަމެއް ނެތް، ސައިންސްވެރިން ބަސްހުއްޓޭ ފަދަ ހޯދުމެކެވެ.
މި ތަރި ނުވަތަ ޖިސްމު ހުންނަނީ ދުނިޔެއާ 15،000 އަލި އަހަރު ދުރުގައެވެ.
މީގެ އެންމެ އާދަޔާ ހިލާފު ކަމަކީ، މި ސިގްނަލްތައް ފޮނުވާ ދުވެލި މަޑުކަމެވެ. އާންމުކޮށް މިފަދަ ރޭޑިއޯ ސިގްނަލްތައް ފޮނުވާ "ޕަލްސާ" ތަރިތަކުން ސިގްނަލް ފޮނުވަނީ ސިކުންތަކުން ނުވަތަ މިނެޓެއްގެ ތެރޭގައެވެ. ނަމަވެސް، މި ޖިސްމުން ކޮންމެ 22 މިނެޓަކުން 5 މިނެޓުގެ ދިގު ސިގްނަލެއް ފޮނުވުމަކީ މިހާތަނަށް ގަބޫލުކުރެވިފައިވާ ފިޒިކްސްގެ ގާނޫނުތަކާ ސުވާލު އުފެދޭ ކަމެކެވެ.
މި ހޯދުމާ ގުޅޭގޮތުން ދިރާސާ ކުރެއްވި އޮސްޓްރޭލިއާގެ ކުރްޓިން ޔުނިވަރސިޓީގެ އެސްޓްރޯފިޒިސިސްޓް ނަޓާޝާ ހާލީ-ވޯކާ ވިދާޅުވި ގޮތުގައި، މި ޖިސްމަކީ "ކޮސްމިކް އޮކްސީމޮރޯން" އެކެވެ. ސަބަބަކީ އެހާ މަޑުން އެނބުރޭ އެއްޗަކުން އެހާ ބާރުގަދަ ރޭޑިއޯ ސިގްނަލެއް އުފެއްދުމަކީ ސައިންސްވެރިންގެ ތިއަރީތަކުން ބަލާއިރު ވާނެ ކަމެއް ނޫނެވެ. މީގެ މާނައަކީ ފަޒާގެ ތެރޭގައި އަދިވެސް އަހަރެމެންނަށް ނޭނގޭ އެތައް ކަމެއް ހުރިކަމެވެ.
މި ސިގްނަލްތަކަކީ ކޮން އެއްޗަކުން އަންނަ ސިގްނަލްތަކެއްކަން ދެނެގަތުމަށްޓަކައި ސައިންސްވެރިން ދަނީ އިތުރު ދިރާސާތައް ކުރަމުންނެވެ.
ބައެއް މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބާރުގަދަ ދަމާބާރެއް ނުވަތަ މެގްނެޓިކް ފީލްޑެއް އޮންނަ "މެގްނެޓާ" އެއް ކަމަށް ވެދާނެއެވެ. ނަމަވެސް، މިހާތަނަށް މިކަމަށް ބާރުދޭނެ އެކަށީގެންވާ ހެއްކެއް ފެނިފައެއް ނުވެއެވެ. ފަލަކީ އިލްމުވެރިންގެ މި އާ ހޯދުމުގެ ސަބަބުން ކާއިނާތުގެ ނުފެންނަ ބާރުތަކާ ބެހޭގޮތުން އާ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު