އެމްސްޓަޑަމްގެ ދުވަސްވީމީހުން ބަލަހައްޓާ މަރުކަޒު
އެމްސްޓަޑަމްގެ ދުވަސްވީމީހުން ބަލަހައްޓާ މަރުކަޒު
ބެތް ޝެލޮމް ނަމަކަށްކިޔާ އެމްސްޓަޑަމްގެ ދުވަސްވީމީހުން ބަލަހައްޓާ މަރުކަޒަކުން 15 މީހަކު ކޯވިޑް-19 ޖެހިގެން މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިތަނުގެ އިތުރު 22 މީހަކު މިވަގުތު ވައިރަހަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އެބަ ގެންދެއެވެ.

ބެތް ޝެލޮމްއިން ކޮރޯނާ ވައިރަސް ފެނިފައިވަނީ އެމީހުން ލޮކްޑައުންއަށް ދިޔުމުގެ ކުރިން މާރޗްމަހުގެ މެދުތެރޭގައި ކަމަށް އެތަން ހިންގާ ސިއްހީ ވުޒާރާ، ކޯރޑާން އިން އިއްޔެ ހާމަކޮށްފައިވެއެވެ.

މިއީ ނެދަރލޭންޑްސްގައި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަކުން އެންމެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ތަނެވެ. ނެދަރލެންޑްސްގެ ޔަހޫދީ ސްކޫލެއްކަމަށްވާ ރޮޝް ޕީނާ ޖުވިޝް ސްކޫލުން ވަނީ މާރޗް 4 ވަނަދުވަހު ބެތް ޝެލޮމްއަށް ދަރިވަރުން ގޮވައިގެން ޒިޔާރަތް ކޮށްފައެވެ.

ނެދަރލެންޑްސްގެ ސްކޫލްތަކާއި، ޖިމްތަކާއި، ރެސްޓޯރެންޓްތައް އަދި ފިހާރަތަށް މިހާރު ބަންދުކޮށްފައިވާއިރު، އާންމުންގެ ދަތުރުފަތުރުގެ ނިޒާމު އަދިވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް އެބަދެއެވެ.

ނެދަރލެންޑްސްގައި ކޯވިޑް-19 އަށް ޕޮޒިޓިވެވެފައިވާ މީހުންގެ އަދަދު 21,762 އަށް އަރާފައިވާއިރު، މަރުވިމީހުންގެ އަދަދުވަނީ 2,396 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން